އަލަމްގީރުގެ މައްޗަށް ދައުވާ ކުރާ މި 40 މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަދުގެ 11 ޖަހާއިރުއެވެ. އަލަމްގިރު މިހާރުވެސް އަންނަނީ އެއް ޖިންސުން ގުޅުން ހިންގި 3 މައްސަލައެއްގެ ހުކުމް ތަންފީޒުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދަށް ތާވަލުކޮށްފައިވާ 40 މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައަކަށްވެސް އަންނާނީ މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ޖަލު ހުކުމެކެވެ. އެހެންކަމުން މި 40 މައްސަލައަށް އަންނާނީ ޖުމުލަ އެކު 3 އަހަރެއްހާ ދުވަހުގެ ހުކުމެކެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް 3 މީހެއްގެ މައްޗަށް މިހާރު ދައުވާކޮށްފައިވާއިރު އޭގެން 2 މީހެއްގެ މައްޗަށްވަނީ ހުކުމްކޮށްފައެވެ.