ads
ސިވިލް ސާވިސް ކޮމިޝަން ހިންގަމުން ގެންދާ ވެލާނާ ބިލްޑިން
ވިސްލްބްލޯކުރި މުވައްޒަފަކަށް ސިވިލް ސާވިސުން 25000 ދޭން ޖެހިއްޖެ
ވިސްލް ބްލޯކުރި މުވައްޒަފެއްގެ ކިބައިން ބަދަލު ހިފާފައިވާތީ، ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްޒަފަށް 25000 ރުފިޔާ ދޭން ޖެހިއްޖެއެވެ.

ވިސްލް ބްލޯކުރުމުގެ ގާނޫނު ނުވަތަ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ފަޅާއަރުވާލުމާ ގުޅޭ ގާނޫނުގެ ދަށުން، 25000 ރުފިޔާގެ ރަމްޒީ ބަދަލެއް ސިވިލް ސާވިސް ކޮމިޝަނުން ދޭން ޖެހުނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންހެން ސިވިލް ސާވަންޓަކު ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ.

މިއީ ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފަކު ވިސްލް ބްލޯ ކުރުމާ ގުޅިގެން އެކަމުގެ ބަދަލު އޭނާގެ ކިބައިން ސިވިލް ސާވިސް ކޮމިޝަނުން ހިފިކަން ސާބިތުވެ އެ ކޮމިޝަން ޒިންމާދާރު ކުރުވުމުގެ ގޮތުން ނަގާދޭ ރަމްޒީ ބަދަލެއް ކަމަށް މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ނިންމި ޓްރައިބިއުނަލް މެންބަރު ފާހަގަ ކުރައްވާފައިވެއެވެ. މި މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ މި ހަފްތާގައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސިލް ބްލޯ ކުރި މުވައްޒަފެއްގެ ކިބައިން ބަދަލު ހިފާފައިވާތީ އެކަމުގެ ބަދަލުގައި ދައުލަތުގެ އިދާރާއަކުން ބަދަލު ދޭން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނަނީ މަޖިލިސް 19 އިން ފާސްކުރި ގާނުނެކެވެ.  

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް