ads
އޭޖީ އިބްރާހީމް ރިފްއަތު
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް އޭޖީ ފައްޓަވައިފި
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް އޭޖީ އިބްރާހީމް ރިފްއތު ފައްޓަވައިފި އެވެ.

އޭޖީ އޮފީހުން މިރޭ ބުނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތް މުރާޖައާކޮށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން މިހާރު ވަނީ ފަށާފައިކަމަށެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލް އަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.

ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާން ކުރާ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށް ވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.

އޭޖީ އޮފީހުން އިތުރަށް ބުނީ ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށްޓަކައި އެ ކަމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަށާނެކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް