ads
ބޮމުގެ ހަމަލާގައި އަނިޔާލިބުނު އަންހެން ކުއްޖަކަށް ފަރުވާދެނީ
ސްކޫލަކަށްދިން ޖާނުން ފިދާވުމުގެ ހަމަލައެއްގައި އަފްޣާނިސްތާނުގައި 19 މަރު!
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ތައުލީމީ މަރުކަޒަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތު ބަރްޗީ އަވަށުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާގައި އިތުރު 27 މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވިއެވެ.

މި ތައުލީމީ މަރުކަޒަށް ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދިން އިރު ދަރިވަރުން ތިބީ އިމްތިހާނަކަށް ތައްޔާރުވެގެންނެވެ. 

އޮންލައިންކޮށް ޕޯސްޓްކޮށްފައިވާ ވީޑިއޯތަކާއި އެ ސަރަހައްދުގެ މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ލެއިން ތަތްތެޅިފައިވާ މީހުން އެތަނުން ދުރަށް ގެންދާ މަންޒަރު ފެނެއެވެ.

ޒަދްރާން ވިދާޅުވީ، ބޮން ގޮއްވާލި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހައި ސްކޫލް ގްރެޖުއޭޓުންވެސް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ހިމެނޭ ކަމަށެވެ. ބޮން ގޮއްވާލި ވަގުތު ކާޖް އެޑިއުކޭޝަން ސެންޓަރުގައި ޕްރެކްޓިސް ޔުނިވާސިޓީ އެންޓްރަންސް އިމްތިހާނެއް ދަރިވަރުން ހަދަމުންދިޔަ ކަމަށެވެ. އަފްޣާނިސްތާނުގައި އާންމު ގޮތެއްގައި ސްކޫލްތައް ބަންދުކުރަނީ ހުކުރު ދުވަހުއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް