ads
މުލަކު
މުލަކު ކައުންސިލްގެ ސީރިއަސް މައްސަލަތަކެއް
މުލަކަތޮޅު މުލަކު ކައުންސިލްގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ސީރިއަސް މައްސަލަތަކެއް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ފާހަގަ ކުރައްވައިފިއެވެ.

މިދިޔަ ހަފްތާގައި އާއްމު ކުރައްވާފައިވާ މުލަކު ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ކައުންސިލްގެ އިދާރާގެ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް ހުށަހަޅާފައި ނުވުމާއި، ޝޮޕިންގެ އުޞޫލުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައި 3 ފަރާތުން އަގުހޯދާފައި ނުވުމުގެ އިތުރުން މުދަލާއި ޚިދުމަތް ކައުންސިލަށް ލިބުނުކަން އެނގެން ނެތި ފައިސާ ދައްކާފައިވުން ހިމެނެއެވެ. 

މީގެ އިތުރުން މުލަކު ކައުންސިލުގެ ޗެކު ފޮތްތައް ރައްކާތެރިކަމާއިއެކު ބަލަހައްޓާފައިނުވުންވެސް އޮޑިޓަ ޖެނެރަލްވަނީ ފާހަގަ ކުރައްވާފައެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީވަނީ މުލަކު ކައުންސިލުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކަންކަން އިސްލާހު ކުރުމަށް އެ ރިޕޯޓުގައި ލަފާ ދީފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް