ads
ޕާކިސްތާނުގެ ސަރަހައްދެއްގައި ފެން ބޮޑުވެފައި
ޕާކިސްތާނަށް އެހީވާ ޓެލެތޯން މިއަދު
އަވައްޓެރި ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން މިއަދު އޮންނާނެއެވެ.

"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ދިވެހި މީޑިއާތަކުގެ އެންޑޯސްމެންޓާއެކު ކުރިއަށް ގެންދާ މި ޓެލެތޯން އޮންނާނީ މިއަދު ހެނދުނު 8:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ. މި ޓެލެތޯން ޕީއެސްއެމާއި ވީޓީވީ އާއި އެމްބީއެން އަދި ޗެނަލް 13 އިން ލައިވްކުރާނެ އެވެ.

މި ޓެލްތޯން ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ޕާކިސްތާނުގެ މިހާރުގެ ހާލަތު ކިޔައިދީ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން އެކި ބޭފުޅުން ވާހަކަ ދައްކަވާނެއެވެ. 

މާލޭގެ 7  ސަރަހައްދެއްގައި ފަންޑު ފޮށިތަކެއް ބަހައްޓައި އާއްމުންނަށް ފައިސާ ހަދިޔާކުރެވޭނެ ގޮތްތައް މި ޓެލެތޯންގެ ތެރެއިން ކުރިއަށްދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް