އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެންމެ ގިނަ ވަގުތެއްގައި މޫދުގެ އަޑީގައި އޮތުމުގެ ރެކޯޑްގައި ހެދީ ރާއްޖޭގެ 12 ރިސޯޓެއްގައި، 400 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެންނެވެ.
ހޮނިހިރު ދުވަހު މެންދުރު ފަހު އޮތް، މި ރެކޯޑްގެ ގްރޭންޑް އިވެންޓް ކުރިއަށް ދިޔަ، ކްރޮސްރޯޑްގައެވެ.
އެ ތަނުގައި ރައީސުލް ޖުމްހޫރިއްޔާގެ އާއިލާ ހިމެނޭ ގޮތުން 140 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.