ކަފާލާތުގެ ދަށުން މިނިވްނަކުރުމަށް މި ނިންމީ މިދިޔަ މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި އާންމު އެއްވުމެއްގައި ފުލުހުންގެ އޮފިޝަލުންނާއި، އަންހެން ފަނޑިޔާރަކާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރުނުތާ އެއް ދުވަސް ފަހުންނެވެ.
އިސްލާމްއާބާދު ހައިކޯޓުން އާދީއްތަ ދުވަހު އިމްރާން ޚާންގެ މައްޗަށް އަމުރުކުރީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކޯޓަށް ހާޒިރު ވުމަށެވެ.
ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނީ މި މައްސަލައިގެ އަޑުއެހުމަށް ކުރީގެ ބޮޑުވަޒީރު ހާޒިރުވެވަޑައި ނުގަތުމުންނެވެ.
އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި) އަށް ނިސްބަތްވާ ޚާންގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް އިސްލާމްއާބާދުގައި ހުންނަ އޭނާގެ ގެކޮޅުގެ ބޭރުގައާއި އެކި ސިޓީއަކުގައި އެ އަމުރާ ގުޅިގެން ވަނީ މުޒާހަރާ ކޮށްފައެވެ.
ޕާކިސްތާނުގެ އިންޓީރިއަ މިނިސްޓަރު ރަނާ ސަނާއުالله ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ވިދާޅުވީ ޚާން ހައްޔަރުކުރުމުގެ އަމުރަކީ އުސޫލާ އެއްގޮތަށް ކުރިއަށް ދާ ކަމެއް ކަމަށާއި، ހައްޔަރު ކުރާނެ ކަމާމެ ސުވާލެއް ނުއުފެދޭ ކަމަށެވެ.
އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ޚާންގެ މައްޗަށް އައިއެޗްސީއިން ކޯޓުގެ ހުރުމަތް ކެނޑުމުގެ ދައުވާވެސް އުފުލާފައި ވާއިރު، އޭނާ ވަނީ އޭނާގެ ޗީފް އޮފް ސްޓާފް ޝަހްބާޒް ގިލް ހައްޔަރު ކުރުމާ ގުޅިގެން ފަނޑިޔާރު ޒެބާ ޗައުދަރީއާއި އިސްލާމްއާބާދުގެ ފުލުހުންގެ އިސް އޮފިޝަލުންނާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. ޚާން ވަނީ ކަމާބެހޭ ފަރާތްތަކުން ގިލް އަށް އަނިޔާކުރާ ކަމަށްވެސް ތުހުމަތުކުރައްވާފައެވެ.
އުމުރުން 69 އަހަރުގެ އިމްރާން ޚާން ވަނީ އޮފިޝަލުންނަށް ބިރު ދެއްކި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އޭނާގެ ވާހަކަތައް މަފްހޫމުން ބޭރުން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.