ads
ފަތުރުވެރިންތަކެއް——
އާންމު ސިޓީ: ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު، ނުދައްކާ ވާހަކަ
ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމަށް، ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭއަށް ނަމޫނާ ސިނާއަތެކެވެ. ހުރިހާ ގައުމަކުން ވެސް ބޭނުން ވަނީ ދިވެހިރާއްޖެ ފަދަ ފަތުރުވެރިކަމެއް އޮތުމަށެވެ. މިދުވަހުގެ ކަންތައްތަކާމެދު ވިސްނާލާއިރު މިސިނާއަތުގައި ނުދައްކާ ވާހަކަ ވެސް އެބަހުއްޓެވެ.
Advertisement

އާންމު ސިޓީއެއް މެދުވެރިކޮށް މި ފާހަގަކޮށްލަނީ ފަތުވެރިކަމުގެ ދާއިރާ އާ ގުޅޭގޮތުން ނުދައްކާ ހުރި ދެތިން ވާހަކަ އެވެ. ފަހަރުގައި މި ވާހަކަތަކުގެ އިތުރުން ވެސް ފަތުރުވެރިކަމާބެހޭ ގޮތުން ދައްކަން ޖެހޭ ނަމަވެސް ނުދައްކާ ހުރި އިތުރު ވާހަކަތައް ހުރެދާނެ އެވެ. ނަމަވެސް އަޅުގަނޑު މި ފާހަގަކޮށްލަނީ ތިރީގައި މިވާ ތިން ކަމެކެވެ.

  • މިހާރު ރަށްތައް ދޫކޮށްފައިވަނީ 99 އަހަރަށްކަމަށް ވާއިރު، މިއީ އާއިލާއެއްގެ ކިތައް ޖީލަށް ލިބިފައިވާ މުދަލެއްތޯ ވިސްނާލުން މުހިއްމެވެ. އަދި މިކަމުން ރާއްޖޭގެ ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއްތޯވެސް ބަލައިލަން ޖެހެއެވެ.  އެއް އާއިލާއަކަށް މި ބިންކުޑަ ދިވެހިރާއްޖޭގައި ހުރި ބިންތަކުން ކިތައް ބިން މި މުއްދަތަށް ހިބަކޮށްދީފައިވޭބާވާ އެވެ. ދިވެހި އެހެން އެއްވެސް އާއިލާއަކަށް މިއިން ބިމަކުން މަންފާއެއް ނުލިބޭ ތާނގައި، މި ބިންތައް ވެފައިވަނީ މިބިންތައް ލިބިފައިވާ އާއިލާތަކުގެ ދުނިޔެއަށް އުފަންނުވާ ދަރިން ދުނިޔެއަށް އަންނަންވާއިރަށް މުއްސަނދިންނަށްވުމަށް ކޮށައިދީފައިވާ މަގަކަށެވެ.
  • މީގެތެރޭގައި ރާއްޖޭން ބޭރުގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކަކީ އެމީހުންގެ އުފަންނުވާ ދަރިންނަށް ރާއްޖޭން ހިބަކޮށްދީފައިވާ ބިންބިމެވެ. އަދި އެކުދިންނަށް އެކުދިންގެ ނަމުގައި ރާއްޖޭގައި ބިންތަކެއް ހުރިކަން ވެސް އެނގުމެއް ނެތި މިލިއަނުން ލާރި ލިބެމުންދަނީ ރާއްޖޭގެ ރައްޔިތުންގެ ކިތައް މީހުން އެމީހުންގެ މުހުދާތުތައް ފުއްދޭނެ ފަދަ ގޮތެއް ނެތިފައި ތިއްބާ ބާވައެވެ.
  • ހަމަމިއާއެކު ހަނދާން ކުރަންޖެހޭ އަނެއްކަމަކީ، ދިވެހިރައްޖޭގެ ކޮންމެ ވެލިފުކަކީ އަދި ކޮންމެ ފެންތިއްކަކީ ހަމަކޮންމެ ދިވެހިރައްޔިތެއްގެ ހިއްސާ އެއްވަރަކަށް އޮތް އެއްޗަކަށްވާއިރު، ދިވެހި ރައްޔިތުންގެ ދަރިންނަށް އެއްވެސް އެއްޗެއް ނުލިބޭ ތާނގައި، މިއިން ބިމަކުން މަންފާއެއް ހޯދުމަށް ފުރުސަތެއް ވެސް ނެތި، ދިވެހިރައްޔިތުންގެ ކިބައިން ނިގުޅައިގެނެފައިވާ ހައްގެއްކަމެވެ. އަދި އަންނާން އޮތް ޖީލުތަކަށް އެއްވެސް ފުރުސަތެއް ނެތް ގޮތެއްގައި އެ ރަށްރަށް އެވަނީ، 99 އަހަރަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މަދު ބަޔަކަށް ހިބކޮށްދީފައެވެ.
  • މިރަށްރަށުން ވަކިބަޔަކަށް މަންފާ ލިބެމުންދާއިރު، ރައްޔިތުންނަށް ލިބޭ މަންފާގެ ގޮތުގައި ބަލާ އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު ބަލަނީ ވެސް ރަށްތަކުގެ ވެރިންނަށް ލިބޭ ފައިސާ ރައްޔިތުންނަށް ލިބޭ އެއްޗެއްކަމުގައި ބަލައިގެންނެވެ. ހިސާބު ހެދުމުގެ ބޭނުމަށް އެކަން ކުރިކަމުގައި ވިޔަސް އެއިން ބިމަކުން ރައްޔިތުންނަކަށް ހަގީގަތުގައި ލިބޭ މާ ބޮޑޫ އެއްޗެއް ނޯވެ އެވެ. ބައެއް ހާލަތާ ގުޅިގެން އެރަށްތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ފައިސާ ހަރަދު ކުރާއިރު އެފައިސާ ދައްކަނީ ރައްޔިތުންގެ ބައިތުލްމާލުންކަން ވެސް އެބަ އެނގެއެވެ.
  • ސަރުކާރުން ހަމަޖައްސާފައި ހުރި ގަވާއިދުތަކުން މި ރަށްރަށުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ދިވެހިންނަށް ފުރުސަތު އޮންނަންވާނެކަމަށް ކަނޑައަޅާފައިވެ އެވެ. މިގޮތުން ބިދޭސީންނާއި، ދޭސީ މުވައްޒަފުންގެ މިންވަރު ވަކި ރޭޝިއޯއެއްގައި ހިފެހެއްޓުމަށް ގަވާއިދުގައި އޮވެ އެވެ. އެހެން ނަމަވެސް މިއިން ރަށެއްގައި ކިތައް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިފައިވޭ ބާވައެވެ. ގަވާއިދު އޮތީ އޮތް ތަނުގައެވެ. ސަރުކާރުން ރަށްތަކުގެ ވެރިންނަށް ސަނާ ކިޔަނީ އެވެ. ރައްޔިތުމީހާ ހުރީ ކުރާނެ ކަމެއް ނެތި ފަހްރުވެރި ދިވެހިރައްޔިތަކަށް ވެފައެވެ. ނަމަވެސް ހިތާމައަކީ މި ފާހަގަކުރި ކަންކަމާ މެދު ސުވާލު އުފައްދާ އެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރަމުން ނުދިޔުމެވެ.

ވީމާ އަޅުގަނޑުގެ މިސިޓީ ނިންމާލުމުގެ ކުރިން ވެސް ސަރުކާރުގައި ދަންނަވާލަން އޮތީ ފަތުވެރިކަމާ ގުޅޭގޮތުން ހުރި މައްސަލަތައް މިހާރަށް ވުރެ އިންސާފުވެރިކޮށް ބަލާ ދިނުމަކީ މުޅި ރައްޔިތުންގެ ފައިދާއަށް  ކުރަންޖެހޭ ކަމެއްކަމަށް ދެކޭ ވާހަކަ އެވެ. އަދި ފަތުވެރިކަމުގެ ހަގީގީ މަންފާ ދިވެހިންނަށް ހޯދައިދިނުމަކީ ވެރިކަމާ ހަވާލުވާ ސިޔާސީ މީހުން ބޭނުންވާ ގޮތްކަމަށްވާ ނަމަ އެ ގޮތް ހޯދައިދިނުމަށް ރާއްޖޭގައި ހިންގާ ސިޔާސަތުތައް ބަދަލު ކުރަންޖެހޭނެ ވާހަކަ އެވެ. އެހެން ނޫން ނަމަ ފަތުރުވެރިކަމުގެ ހަގީގީ މަންފާ ގިނަ ދިވެހިންނަށް ލިބެން އޮތް ދޮރު ތާއަބަދަށް ބަންދުވެގެންދާނެ އެވެ.

3 އޮކްޓޫބަރު 2022

އިހްތިރާމް ގަބޫލު ކުރުން އެދެމެވެ.

އިބްރާހީމް ނަސީމް

ޓޫރިޒަމް މިނިސްޓްރީ. މާލެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް