މި ހޯދުންތަކުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސައިބަ-ޖާސޫސީ ގޮންޖެހުމަށް އަލިއަޅުވާލާފައި ވެއެވެ. އެފްބީއައި އިން ދުނިޔޭގެ އެހެން ހުރިހާ ސަރުކާރުތަކާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތަށް ވުރެ ބޮޑު މަސައްކަތެއް ޗައިނާގެ ހެކް ކުރުމުގެ ޕްރޮގްރާމާ ދެކޮޅަށް ކުރަން ޖެހޭ ކަމެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ދައުވާތައް މެދުވެރިކޮށް ޑޭޓާ ވަގަށް ނެގުމުގެ ތުހުމަތުކުރެވޭ ކެމްޕޭންތައް ހާމަކުރުމަށް ހަރުކަށި ގޮތެއްގައި ގޮވާލާފަ އެވެ. ޗައިނާގެ ހެކަރުން އެމެރިކާގެ ކުންފުނިތަކުގެ ފިކުރީ މުދާ ފޭރިގަނެ، ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކަމަކު ޗައިނާގެ ހެކަރުން ގިނަ ފަހަރަށް އާ އާލާތްތައް އުފައްދައި ނުވަތަ އެ ނޫން ވެސް ގޮތަކަށް އެމީހުންގެ އޮޕަރޭޝަންތަކަށް ބަދަލު ގެނެސް ހަދާ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެ އެވެ.
ޕީޑަބްލިއުސީން ޓްރެކް ކުރި ޗައިނާގެ އެއް ގްރޫޕުން މިދިޔަ އަހަރު އެމެރިކާގެ އެތަކެއް އިދާރާ ތަކަކަށް ޓާގެޓް ކޮށްފައި ވާކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ސޮފްޓްވެއާ ނުވަތަ ޓެކް ފާމްތައް ވެސް ހިމެނޭ ކަމަށް ޕީޑަބްލިއުސީގެ ގްލޯބަލް ސައިބާ ތްރެޓް އިންޓެލިޖެންސް ޕްރެކްޓިސްއިން ބުނެ އެވެ.
ޕީޑަބްލިއުއެސްސީން ބުނީ ހެކަރުން ގިނަ ފަހަރަށް ނެޓްވޯކްތައް އަތްފުނާ އަޅަނީ ހާރިޖީ ނުވަތަ ވިޔަފާރީގެ ސިޔާސަތުތައް ހުންނަ ޑޭޓާތައް ހޯދަން ކަމަށާއި، ނަމަވެސް އަމިއްލަ ފައިދާއަށް ކްރިޕްޓޯކަރަންސީ ސްކީމްތަކުގައި ވެސް އެ ނެޓްވޯކްތައް މަސައްކަތް ކުރާ ކަމަށެވެ.
ސައިބަ ހަމަލަތައް އަމާޒުވެފައިވަނީ އެމެރިކާގެ ފެޑެރަލް، ސްޓޭޓް ނުވަތަ ލޯކަލް ލެވެލްގައި ކަމެއް ނުވަތަ ނޫންކަމެއް ތަފްސީލުކޮށްދޭން އެކުންފުނިން ބޭނުމެއް ނުވެއެވެ.