އިންޑޮނޭޝިއާގެ ކަންޖުރުހާން ސްޓޭޑިއަމްގައި ހިނގި މިހާދިސާގައި 32 ކުޑަ ކުދިން ވަނީ މަރުވެފަ އެވެ. ޖާވާގައި ކުޅުނު މެޗުގައި 127 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި މަރުވި އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެންމެ 3 އަހަރެވެ.
ކޯޗު ހާވިއާ ރޮކާ ބުނީ ހާދިސާގެ މަންޒަރުތަކުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
މެޗު ނިމުމުން ދަނޑަށް އެރި ސަޕޯޓަރުންގެ ގަޔަށް ކަރުނަ ގޭސް ޖެހި 18 އޮފިސަރުންގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މެޗް ކުޅެމުންދިޔަ މަލަންގް ސިޓީގެ ފުލުހުންގެ ވެރިޔާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އިތުރު ނުވަ އޮފިސަރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން ޖެހި ކަރުނަ ގޭހުން ސަލާމަތްވުމަށް މަސައްކަތް ކުރި 320 މީހުން ވަނީ ޒަހަމް ވެފައެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ ބީބީސީން ބުނީ ސަޕޯޓަރުން ދަނޑަށް އެރުމާއެކު ފުލުހުން ކަރުނަގޭސް ޖަހަން ފެށިކަމަށާއި އަދި ހާލަތު ގޯސްވާން ފެށުމުން އަވަސް އަވަހަށް ކަރުނަގޭސް ޖަހާފައިވާ ކަމަށެވެ.
މިހާދިސާގައި ގިނަ އަދަދެއްގެ ކުޑަކުދީންގާއި އަންހެނުންނަށް އަނިޔާ ލިބިފައިވެ އެވެ.