ads
ކާނަލް ނަޝީދު
ކާނަލް އެދެނީ އަލަމްގިރީ ވީޑިއޯ އެނަލިސިސްއެއް ހަދަން
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދު، އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އޭނާގެ ފަރާތުން ޝަރިއަތުގައި އެދިއްޖެއެވެ.
Advertisement

ކާނަލް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ އެއް ޖިއްސުން ގުޅުން ހިންގުމުގެ ޝަރީއަތުގެ އަޑު އެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި އަޑު އެހުން ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާނުލައެވެ. އެހެންކަމުން އަޑު އެހުމުގެ ތަފްސީލެއް ނުލިބެއެވެ. 

އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ނަޝީދުގެ ފަރާތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ އެނަލިސިސްއެއް ހަދާށެވެ. އެހެންމަވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ނަޝީދަށް ދިނުމުގެ ބަދަލުގައި، ކޯޓުން އިންތިޒާމުކުރާ ގޮތެއްގެ މަތީން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ދެ ފަރާތުގެ ވާހަކަތަކަށް ބިނާކޮށް ޝަރީއަތުން ނިންމާފައިވަނީ މިގޮތަށް އަމަލު ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯގެ ތާޑްޕާޓީ އެނަލަސިސް ހެދުމަށް ކާނަލްގެ ފަރާތުން ހުށަހަޅާ ބައެއްގެ ތަފްސީލް ކޯޓަށް ދިނުމަށް ކޯޓުންވަނީ އެދިފައެވެ.

ކާނަލް ނަޝީދުގެ މައްޗަށް ދައުލަތުން ކުރަނީ، ބަންގްލަދޭޝް ފިރިހެނަކާ އެކު އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ. މީގެ ބައެއް މައްސަލަތައް މިހާރުވަނީ ހުކުމްވެސް ކޮށްފައެވެ. އަދި ބައެއް މީހުން ފިލައިގެންވެސް އެބައުޅެއެވެ.

މި ފަހުން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.

29%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް