ads
އިންޑިޔާގެ މުސްލިމަކަށް ފުލުހަކު އަންގާރަ ދުވަހު އަނިޔާ ކުރަނީ
އިންޑިޔާ ފުލުހުން މުސްލިމުންނަށް އަނެއްކާވެސް އަނިޔާ ކޮށްފި
އިންޑިޔާ ފުލުހުން މުސްލިމުންނަށް އަނެއްކާވެސް އަނިޔާ ކޮށްފިއެވެ.
Advertisement

އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި މުސްލިމް ފިރިހެނުންނަށް ފުލުހުން އަނިޔާ ކުރުމާއި ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިކަން ސިފަ ކޮށްފައި ވަނީ މިއީ އިންސާނީ ހައްގު ތަކަށް އަރައި ގަތުމުގެ ބޮޑު ޖަރީމާ އެއްގެ ގޮތުގައެވެ. އަދި މިއީ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލު ތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ގުޖުރާތުގެ ހައިދާ ޑިސްޓްރިކްޓްގެ އުދެލާ އަވަށުގައި އަންގާރަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ. 

އާދައިގެ ހެދުމުގައި ތިބި ފުލުހުން ވަނީ ފަހަރަކު މީހަކު ތަނބަކާއެކީ ހިފަހައްޓައި ދަނޑިން ތަޅައި އަނިޔާ ކޮށްފައެވެ. މި މަންޒަރު ބަލަން ތިބި ގިނައަދަދެއްގެ ހިންދޫ އަންހެނުންނާއި ކުޑަކުދިން ވަނީ އުފާފާޅުކޮށް އަޑުގަދަ ކޮށްފައެވެ. 

ގުޖުރާތަކީ ދީނީ ބައިބައިވުން އެންމެބޮޑަށް އޮންނަ އެއް ސްޓޭޓެވެ. އެސްޓޭޓްގައި 2002 ވަނައަހަރު ދީނީ އެއްވުންތަކުގައި 2000 އެއްހާ މީހުން މަރުވެފައިވާއިރު ގިނައީ މުސްލިމުންނެވެ. 

އިންޑިޔާގައި ދީނީ މައްސަލަތައް ގޯސް ވެފައިވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީން 2014 ވަނައަހަރު ވެރިކަމާއި ހަވާލުވި ފަހުންނެވެ. 

ގުޖުރާތުގެ ފުލުހުން ބުނީ މިކަން ހިނގާފައިވަނީ އެސްޓޭޓްގެ މިސްކިތެއް ކައިރީ ހިންދޫންގެ ފެސްޓިވަލެއް ބާއްވަން އުޅުމާއި ގުޅިގެން ކަމަށެވެ. އެކަމާ މުސްލިމުން ދެކޮޅުވެ، އެތަނަށް ގާ އުކުމުގެ ސަބަބުން ކަމަށެވެ. 

މިކަމާ ގުޅިގެން 43 މުސްލިމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު 18 މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. 

އިދިކޮޅު ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ސްޓޭޓް ލެޖިސްލޭޓަރެއް ކަމަށްވާ އިމްރާން ޚަދަވާލާ ވިދާޅުވީ، ބީޖޭޕީން ގަސްދުގައި ނޮވެމްބަރު މަހު އޮންނަ ސްޓޭޓް އިންތިހާބުގެ ކުރިން ދީނީ ނުތަނަވަސްކަން އުފައްދަމުންދާ ކަމަށާއި، މުސްލިމުންނަށް އަނިޔާކުރި އޮފިސަރުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހިންދޫންގެ ފެސްޓިވަލް ފެށި ފަހުން މުސްލިމުން ދީނީ އިވެންޓްތަކަށް ވަނުން މަނާކޮށް ބައެއް ތަންތަނުގައި ދީނީ ހަރަކާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. މިފަދަ ފެސްޓިވަލް ތަކަށް އޮޅިގެން ވަންނަ މީހުންނަށް ވެސް އަނިޔާ ކުރަމުންދާ ކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ. 

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް