ނަޑެއްލާ ކައިރިން ފަރަށް އިއްޔެ އަރާފައިވަނީ، ޕާކިސްތާންގެ މީހުންތަކެއްތިބި ބޯޓެކެވެ. ބޯޓުގެ ތަފްސީލެއް ފުލުހުންވެސް ހާމައެއް ނުކުރެ އެވެ.
މިއަދު ފުލުހުން ބުނީ، އެ ބޯޓުގައި ތިބީ ޕާކިސްތާނުގެ 10 މީހެއް ކަމަށާއި، އެ އެންމެން މިހާރު ނަޑެއްލާއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ އިއްޔެ އިރުއޮއްސި 18:21 ހާއިރު ކަމަށެވެ.