ads
ަރަނގަޅަށް ނިދި ނުލިބޭނަމަ މީހާގެ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޭގެ ނުރަގަނޅު އަސަރު ކުރާނެ
އަބަދު ވަރުބަލި ވެފައި ހުރެދާނެ 6 ސަބަބު
ކިތަންމެ ވަރަކަށް ނިދިއަސް މުޅި ދުވަހު ނިދިއައިސްފައި ހުރޭ ހެއްޔެވެ. މިހެންކަމަށް ވާނަމަ މި ލިޔުން ކިޔާލުން ރަނގަޅެވެ. ސަބަބަކީ މި މައްސަލައަކީ ވަރަށް ފަސޭހައިން ހައްލުކޮށްލެވިދާނެ މައްސަލައެއް ކަމަށްވާތީއެވެ. އަދި މި ސަބަބުތަކީ ވެސް ތިމާ ހަށިގަނޑުން ހަކަތަ މަދުވާ ސަބަބުތައް ކަމަށްވެދާނެއެވެ. ހަކަތަ ހޯދަން އެނާޖީ ޑްރިންކް ބުއިމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އޭގަ ބަދަލުގައި ހަކަތަ ހޯދަން ދިރުޅުމުގެ ބައެއް ކަންކަން ބަދަލުކޮށްލުން ވެސް އެއީ ކުރެވިދާނެކަމެކެވެ.
Advertisement

ވިޓަމިން ޑީ ނުލިބުން:

ވިޓަމިން ޑީ ނުލިބުމަކީ ނިދީގެ މައްސަލަތައް ދިމާވާ އެން ސަބަބެވެ. އެކަށީގެންވާ މިންވަރަށް އިރުގެ އަލީގައި އުޅުމަކީ ނިދަން ފަސޭހަވާކެމެވެ. ނަމަވެސް އިރުގެ އަލީގައި މާގިނައިން އުޅުމަކީ ހަމުގެ ކެންސަރުވެސް ޖެހޭކަމެކެވެ. މިހެންކަމުން ވިޓަމިން ޑީ ހޯދުމަށް އެންމެ ރަނގަޅީ އިރު އަރައިގެން އަންނަ ވަގުތުތަކާ އިރު އޮއްސޭ ވަގުތެވެ.

ޓޮކްސިކް މީހުން ގިނަވުން:

ވަށާއިގެންވާ މާހައުލުގައި ތިމާއާއި ނުގުޅޭ މީހުން ނުވަތަ, ތިމާއަށް ފާޑުކިޔައި ނުބައި ނުފޫޒު ފޯރުވާ މީހުން ގިނަވުމަކީ ވެސް ގައިގެ ހަކަތަ މަދުވާކަމެކެވެ. ޓޮކްސިކް މީހުން ގިނަވުމަކީ ތިމާގެ ހަކަތަ މަދުކޮށްލާކަމެކެވެ.

ވަޒީފާ ދެކެ ފޫހިވުން:

ތިމާއާއި ނުގުޅޭ ވަޒީފާއެއް އަދާކުރުމަކީވެސް ހަށިގަނޑުގެ ހަކަތަ މަދުވާކަމެކެވެ. މިގޮތުން ކޮންމެ ދުވަހަކު އެއްވަގުތެއްގައި ހޭލައި ތިމާ ބޭނުންނުވާ މަސައްކަތެއް ކުރަން ޖެހުމަކީ ނަފްސާނީގޮތުން ވެސް ގެއްލުން ދެނެވިކަމެކެވެ.

ތާޒާ ކާނާ ނުކެވުން:

ހަށިގަނޑަށް ހަތަކަ ލިއްބައިދެނީ ކާނާއިންނެވެ. ނަމަވެސް ހަކަތަ ހޯދުމަށް ކާ ކާނާގައި ޕްރިޒަވޭޓިވްސް ގިނަވުމަކީ ވެސް ހަށިގަނޑުން ހަކަތަ މަދުވާކަމެކެވެ. އަދި ދަޅާއި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބަދަލުގައި ތާޒާ މަހާ, މޭވާ އަދި ތަރުކާރީ ވީހާވެސް ގިނައިން ބޭނުންކުރުން މުހިންމެވެ. ހަކަތަ އިތުރުކުރުމަށް ގިނައިން ޕްރޮޓީން އަދި ފައިބާ ގިނަ ކާނާ ކެއުމަކީވެސް މުހިންމުކަމެކެވެ.

ކަޝްރަތު ނުލިބުން:

ކަޝްރަތުކުރުން މަދުވުމަކީ ވެސް ހަށިގަނޑުގެ ހަކަތަ މަދުކޮށްލާކަމެކެވެ. ކޮންމެ ދުވަހަކުވެސް ނުވަތަ ހަފްތާއެއްގައި ބަހާލައިގެން ވެސް ހަށިގަނޑަށް ބޭނުންވާ ކަސްރަދު ފޯރުކޮށްދިނުމަކީވެސް މުހިންމުކަމެކެވެ. ކޮންމެ ހަފްތާއަކުވެސް މަދުވެގެން 150 ގަޑީރުގެ ކަސްރަތުކުރާނަމަ ހަކަތަ އިތުރުވާނެއެވެ.

55%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް