އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ނާޒިމް އަބްދުއްސައްތާރު 3 މަހާ 26 ދުވަހުގެ ގޭ ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި މިއަދުއެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމި ކަމެއް ހައިކޯޓުގެ ރަޖިސްޓްރީއަކުން ނޭނގެއެވެ.