މުފްތީ މެންކް ރާއްޖެއަށް ވަޑައިގަންވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެރޭ މާލޭގައި ކާނިވާ ސަރަހައްދުގައި މެންކްގެ ފުރަތަމަ ދަރުސް އޮންނާނެއެވެ. އެއަށް ފަހު، މެންކް ދެން ވަޑައިގަންނަވާނީ ފުވައްމަލަކަށެވެ. ފުވައްމުލަކުގައި 29 ވަނަ ދުވަހު ދަރުހެއް ދެއްވުމަށް ފަހު 30 ވަނަ ދުވަހު މެންކުގެ 3 ވަނަ ދަރުސް އޮންނާނީ އައްޑު ސިޓީގައެވެ. މެންކްގެ މި ދަތުރުގެ ފގަހު ދަރުސް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައެވެ.
މުފްތީ މެންކް ވަނީ މީގެކުރިންވެސް ރާއްޖެއަށް އެކި ފަހަރުމަތިން ޒިޔާރަތްކުރައްވާފަ އެވެ. މުފްތީ މެންކް އެންމެފަހުން ރާއްޖެއަށް ވަޑައިގަތީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު ރާއްޖޭގައި ހޭދަކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައެ، މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ދީނީ ދަރުސްތައް ދެއްވާފައި ވެއެވެ.