ޔޮހާނީގެ ޝޯ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލޭގައެވެ. މިއީ ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން އިންތިޒާމް ކުރާ ޝޯއެލެވެ.
ބައިސްކޯފުގެ "ޗަނާޗާ 2022" ގެ ނަމުގައި އެ ޝޯ ބޭއްވުމަށް ނިންމާފައި ވަނީ މިމަހު 28 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.