ads
ބުރުގާ އެޅުމުގެ މައްސަލައިގައި އިންޑިޔާ ސުޕްރީމް ކޯޓުގައި ވަނީ ދެބަސްވުން އުފެދިފައި
ކްލާސްރޫމްގައި ބުރުގާ އެޅުމުގެ މައްސަލާގައި އިންޑިޔާގެ ސުޕްރީމް ކޯޓް ދެބައިވެއްޖެ
އިންޑިޔާގެ ކްލާސްރޫމްތަކުގައި ބުރުގާ އެޅުން ހުއްދަ ކުރުމާމެދު ގޮތެއް ނިންމުމުގައި އިންޑިޔާގެ ސުޕްރީމް ކޯޓުގައި ގޮތެއް ނުނިމި، ޚިލާފް އުފެދި ދެބައި ވެއްޖެއެވެ.
Advertisement

އިންޑިއާގެ އެންމެ މަތީ ކޯޓުގެ ޕެނަލަކުން ބުނީ، ކްލާސްރޫމްތަކުގައި ބުރުގާ އެޅުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމަށް އުއްތަމަ ފަނޑިޔާރަށް މިހާރު ވަނީ ފޮނުވާފައިކަމަށެވެ. 

އުއްތަމަ ފަނޑިޔާރު އެ މައްސަލަ ނިންމުމަށް ބޮޑު ބެންޗެއް އެކުލަވައިލާނެއެވެ.

މިމައްސަލަ ފެންމަތިވީ މިދިޔަ ފެބްރުއަރީ މަހު ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި ދަރިވަރުން ކްލާސްރޫމްތަކުގައި ބުރުގާއެޅުން މަނާ ކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މުސްލިމް ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ކުރި މުޒާހަރާތަކާ ގުޅިގެން ހިންދޫ ދަރިވަރުން އެ މުޒާހަރާ ތަކާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ދެ ޕެނަލްގެ ތެރެއިން އެއް އެއްޕެނަލްގައި ހިމެނޭ ފަނޑިޔާރު ޖަސްޓިސް ހެމަންތު ގުޕްތާ މިއަދު ވިދާޅުވީ ފަނޑިޔާރުންގެ މެދުގައި އެކަމުގައި ޚިޔާލު ތަފާތުވުން އެބަހުރި ކަމަށެވެ. އެހެންނަމަވެސް ، ބޮޑު ބެންޗެއް ކަނޑައަޅަނީ ކޮން އިރަކު ކަމެއް، ނުވަތަ ދެން އަޑުއެހުމެއް ބާއްވާނީ ކޮން އިރަކު ކަމެއް ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

ބެންޗުގައި ހިމެނޭ އެހެން ފަނޑިޔާރަކުވިދާޅުވީ، އެކަން އެއީ އެމީހެއްގެ އަމިއްލަ އިހްތިޔާރު އޮންނަ ކަމެއް ކަމަށެވެ.

އިންޑިޔާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ 14 އިންސައްތައަކީ މުސްލިމުންނެވެ. އެގައުމުގައި ގިނައީ ހިންދޫންނެވެ.

އިންޑިޔާގެ ސްޓޭޓް ކޯޓަކުން، ދަރިވަރުން ބުރުގާ އެޅުން މަނާކޮށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައި ވާތީ ސުޕްރީމް ކޯޓު ކުރިމަތީ މުސްލިމް ކިޔަވާ ކުދިން ވަނީ މިދިޔަ މާޗްމަހު 15 ވަނަދުވަހު އިހްތިޖާޖް ކޮށްފައެވެ.

ބުރުގާ އެޅުން މަނާކުރުމުގެ މައްސަލަ ފެށުނީ ކަރްނާޓަކާގައި ހުންނަ ސަރުކާރު ކޮލެޖެއްގައި ބުރުގާ އެޅުން މަނާކޮށް މިއަހަރުގެ ޖެނުއަރީ މަހު ކުދީންތަކެއް ކްލާސް ރޫމްތަކަށް ވަނުން މަނާކުރި ހިސާބުންނެވެ. އޭގެ ފަހުން އެ ސްޓޭޓުގެ އިތުރު ސްކޫލްތަކުން ވަނީ މުސްލިމް އަންހެން ކުދިން ބުރުގާ އެޅުން މަނާ ކޮށްފައެވެ.

މޭ މަހުގެ 15 ވަނަ ދުވަހު ކަރްނާޓަކާ ގެ ހައި ކޯޓަށް އެ ދަރިވަރުން ހުށަހެޅި މައްސަލައާ ގުޅިގެން، ކޯޓުންވަނީ އެކަން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓައި" "މުސްލިމް އަންހެނުން ހިޖާބު އެޅުމަކީ އިސްލާމީ އަގީދާގައި ކޮންމެހެން ކުރަން ޖެހޭ ދީނީ އަޅުކަމެއްގެ ބައެއް ނޫން" ކަމަށް ހުކުމްކޮށްފަ އެވެ.

އެއަށްފަހު، ކޯޓުގެ ހުކުމަށް ޗެލެންޖްކޮށް ދަރިވަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް