އެ ސަރަހައްދުގެ ބައެއް ޓަވަރުތަކުން މިއަދު 15:44 ފެށިގެން ވަނީ ފެން ކެނޑިފައެވެ. މައުލޫމާތު ލިބެނީ ފެނުގެ ހިދުމަތް އަދިވެސް ނުލިބޭ ކަމަށެވެ.
މިކަމާއި ގުޅިގެން އެމްޑަބްލިއުސީން ”ސީއެންއެމް“ އަށް ބުނީ އެ މައުލޫމާތު ކަށަވަރުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.
ފެން ކެނޑިފައިވަނީ އެޗްޑީސީން އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެން ހޮޅިއަކަށް ގެއްލުން ވެގެން ކަމަށް ވެެެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ހިޔާ ޓަވަރުގެ ހަތަރުވަނަ ޓަވަރުގެ 14 ވަނަ ފްލޯގެ އެޕާޓުމެންޓެއްގައި މިރޭ ވަނީ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. އުނދުން މައްޗަށް ކައްކަން އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ހިނގި އެ އަލިފާން އެމްއެންޑީއެފްގެ ފަޔަފައިޓަރުން ދިޔައިރު ވަނީ ނިއްވާލާފައެެވެ.