ads
ހެއިޓީގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވާން ފަށާނެ:އދ
ހައިޓީ ފަގީރުވެ މީހުން މަރުވާން ފަށާނެ: އދ
ގޭންގް މާރާމާރީތަކާއި އިގްތިސާދީ ކާރިސާތަކުގެ ސަބަބުން ހެއިޓީގެ އެންމެ ފަގީރުން ގިނަ އެއް ސަރަހައްދުގައި ބަނޑުހައިހޫނުކަން އޮތީ ވަރަށް ނުރައްކާތެރި ދަރަޖައަކަށް ކަމަށްބުނެ، އދ އިން އިންޒާރު ދީފި އެވެ.
Advertisement

ހެއިޓީގެ ސިތޭ ސޮލެއިލް ސަރަހައްދުގެ ގާތްގަނޑަކަށް 20،000 މީހުންނަށް ކާބޯތަކެތީގެ ފޯރުކޮށްދޭނެ ވަސީލަތްތައް މަދުކަމަށާއި، ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އދއިން ވަނީ ބުނެފައެވެ.

ހެއިޓީގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ސިއްހީ މައްސަލަ ކުރިމަތިވެފަ އެވެ.

އދ.ގެ އިސް އޮފިޝަލަކު ވިދާޅުވީ ހެއިޓީއަށް ކުރިމަތިވެފައިވަނީ އިންސާނީ ބޮޑު ކާރިސާއެއް ކަމަށެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ހެއިޓީގެ ކަންޓްރީ ޑައިރެކްޓަރު ޖީން މާޓިން ބައުއާ ވިދާޅުވީ ހެއިޓީގައި ކާބޯތަކެތި ލިބުމުގެ ދަތިކަން ހުރި މިންވަރާމެދު ސީރިއަސްކަން ދަނީ ބޮޑުވަމުން ކަމަށެވެ.

އެމެރިކާގެ އެންމެ ފަގީރު ގައުމަށް ސިޔާސީ، އިގްތިސާދީ، ސިއްހީ އަދި ސަލާމަތީ ބޮޑެތި ކާރިސާތައް ކުރިމަތިވެ، ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން ގައުމުވަނީ ހުއްޓުމަކަށް އައިސްފައެވެ.

ބާރުގަދަ ގޭންގުތަކުން ވަނީ ހެއިޓީގެ މައި ފިއުލް ޓާމިނަލް ބްލޮކްކޮށް، އެ ތަނުގެ ފެނާއި ކާބޯތަކެތީގެ ސާމާނު ވެސް ހަލާކު ކޮށްލާފަ އެވެ.

ސިތޭ ސޮލެއިލް އަވަށުގައި ކާބޯތަކެތި ލިބުމުގެ ދަތިކަން އެންމެމަތީ ދަރަޖައަށް ގޮސްފައިވާ ކަމަށް އދއިން ބުނެއެވެ.

ގައުމަށް ކުރިމަތިވެފައިވާ ގިނަ ކާރިސާތަކާ މެދު ސަރުކާރުން އަމަލުކުރާ ގޮތާ މެދު ރުޅިވެރިކަން އިތުރުވެ، ސަރުކާރާ ދެކޮޅު މުޒާހަރާތައް ގިނަވެ، ލޫޓުވުން ވަނީ އާންމު ވެފައެވެ. މިހަމަނުޖެހުން ތަކުގެ ތެރޭގައި އެކަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންގާރަ ދުވަހު ބުނެފައިވަނީ ކޮލެރާޖެހިގެން 16 މީހުން މަރުވެ، 32 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ ފެނުގެ ޒަރިއްޔާއިން ފެތުރެމުންދާ މި ބަލީގައި 10،000 މީހުން މަރުވިތާ ތިން އަހަރު ފަހުން މިބަލީގައި މީހުން މަރުވާންފެށި ފަހަރެވެ.

އދގެ އެހެން އޮފިޝަލަކު ވިދާޅުވީ ފަސް އަހަރުން ދަށުގެ އެއް ލައްކަ ކުދިންނަކީ ސިއްހީ ހާލަތު ދެރަކުދިން ކަމަށާއި ހާއްސަކޮށް ކޮލެރާ ޖެހުމުގެ ފުރުސަތު ބޮޑު ކުދިން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް