ads
ގަސްތުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ބަބުލް މިއާ
ގުރައިދޫ މަރު: ވަޅީން ބަބުލް މިއާގެ ޑީއެންއޭ ފެނިއްޖެ
ތ. ގުރައިދޫގައި ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހުއާލަމަށް ހަމަލާދީފައިވާ ވަޅިން ނެގި ޑީއެންއޭއިން އެމައްސަލާގައި ތުހުމަތުވާ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި އޮފިސަރު މިއަދު ޝަރީއަތުގައި ބުނެފި އެވެ.

ޝާހުއާލަމްގެ މަރުގެ މައްސަލާގައި ބަބުލްމިއާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ، ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލާގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޮތީ ފޮރެންސިކް ޑީއެންއޭ އެނެލިސިސްޓް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމެވެ. 

އޮފިސަރު ހެކިބަސް ދެމުން މިއަދު ބުނީ، ޝާހުއާލަމް މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުން ހޯދި ވަޅީގެ މުއްގަޑުންނާއި، ތިލައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. 

އެގޮތުން ވަޅީގެ ތިލައިން ނެގި ސާމްޕަލުން ފެނިފައިވަނީ ހަމަލާގައި މަރުވި ޝާހްއާލަމްގެ ޑީއެންއޭ ކަމަށާއި، މުއްގަޑުން ނެގި ސާމްޕަލުން ދެ މީހެއްގެ ޑީއެންއޭ ފެންނަ ކަމަށެވެ. އޭގެތެރެއިން، މޭޖާ ކޮމްޕޯނަންޓަކީ ޝާހްއާލަމްގެ ޑީއެންއޭ ކަމަށާއި، މައިނާ ކޮމްޕޯނަންޓަކީ ބަބުލް މިއާގެ ޑީއެންއޭ ކަމަށް އޮފިސަރު ބުންޏެވެ. 

ޝާހުއާލަމް އަކީ ގުރައިދޫ ދަނޑެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެކެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އެ ދަނޑު ސަރަހައްދުގައި އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކައިރިން 2020 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ބުރަކައްޓާއި، އަރިކަށި އަދި، ކަރުގެ ކަނާއަތް ފަރާތުން ވަޅިން ދީފައިވާ ފުން ޒަހަމްތަކެއް ފެނިފައިވެއެވެ.  

މި މަރުގެ މައްސަލާގައި ކުރިއަށްދާ ހެކިބަސް ނެގުމުގެ އަޑުއެހުންތަކުގެ ތެރެއިން މިދިޔަ މާރިޗު މަހު ބޭއްވި އަޑުއެހުމުގައި ފުލުހުން ކިޔާދީފައިވާގޮތުން، އެރޭ ފުލުހުން ޝައްކުކުރެވޭ މީހުނާއި ސުވާލުކުރުމަށް މަރުގެ ތުހުމަތުކުރެވޭ ބަބުލްމިއާ ދިރިއުޅޭ ގެއަަށްދިޔައިރު، ބަބުލްމިއާ އޮތީ ނިދާފަ އެވެ. އޭނާގެ ބޮލުގައި ޒަހަމްތަކެއް ހުރި ކަމަށް ފުލުހުންނަށް ފާހަގަ ކުރެވިގެން ހޭލައްވަން މަސައްކަތްކުރުމުންވެސް ހޭނުލުމުން އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އެވެ.

ހެލްތު ސެންޓަރުގައި އޭނާއާއި ސުވާލުތައް ކުރިއިރު އޭނާގެ ބޮލަށް ލިބުނު ޒަހަމުތަކަކީ އެރަށު ކަންޑަރު ސަރަހައްދުގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް އޭނާ އަތުން ފޭރުމުގެ ތެރޭގައި ލިބުނު ޒަހަމުތަކެއް ކަމަށާއި، އޭނާގެ ފޯނު ވެސް ފޭރިގެންފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފަހުން ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރިއިރު ހަމަ އެ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ފޭރެން ބަޔަކު އުޅުނީ އެގޭތެރޭގައި ހުއްޓަކަމަށެވެ. އަދި ފުލުހުން ބަލާ ފާސްކުރިއިރު ބަޔަކު ފޭރިގަން ކަމަަށް އޭނާ ބުނި ފޯނު އޭނާގެ އޭނާގެ ގޮދަޑި ދަށުން ފެނިފައި ވެއެވެ. އަދި އެ ފޯނުގައި ލޭ ހުރިކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން މުށިގަނޑު މަތީގެ އެކި ދިމަދިމާލުންނާއި، ބަބުލް ނިދަން ބޭނުން ކުރާ ގޮދަޑީގައި އަޅާފައިވާ ބެޑްޝީޓާއި ބާލީސް އުރައިގެ އިތުރުން އޭނާގެ މުންޑަކުން ވެސް ލޭ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މަރާލި ޝާހު އަލަމް ދިރިއުޅުނީ، ވަށައިގެން ޓިނުން ފެންސް ޖަހާފައިވާ އެރަށުގެ ބިންމާ ސައިޓުގައި ހުރި އިމާރާތެއްގަ އެވެ. އެ ސައިޓު ތެރޭގައި ގެއަކާއި ރާނަން ފަށައި ނުނިމި ހުރި އިމާރާތެއް ހުރެއެވެ. ޝާހުއާލަމްގެ ހަށިގަނޑު ފެނުނީ، އެ ސައިޓުގެ ކުރިމަތިން ނެވެ. 

ފުލުހުން ހެކިބަސް ދިންއިރު ކިޔާދީފައިވާ ގޮތުން އެތަނަށް ވަންނަ ދޮރުގެ އިތުރުން ގޯތި ތެރޭގައި ވެސް ލޭ ހުރިއިރު، ސައިޓުގެ ދޮރު ކައިރީގައި ހުރި ޓިނުގަނޑެއް ހުރީ ބޭރަށް ނުކުުމެފަ އެވެ. އެ ޓިނުގަނޑުގެ އެތެރޭ ފަޅީގައި ލެޔާއެކު އަތްތިލައިގެ ނިޝާނެއް ހުއްޓެވެ.

އެ ސައިޓުގައި ރާނަން ފަށާފައި ހުރި އިމާރާތުގެ ތެރެއިން ފެނުނު ކަތިވަޅިން ލޭ ފެނުނުއިރު، ސައިޓުތެރޭ ހުރި ގޭތެރޭގެ ފާރަށް ވަރަށް ގިނައިން ލޭ ބުރައިގެން ގޮސްފައިވާ ކަމަށާއި އެތަނުގެ ތަޅުންމަތީގައިވެސް ލޭ ހުރިކަމަށް ފުލުހުން ބުންޏެވެ.   

މީގެ އިތުރުން އެތަނުގައިހުރި ޝާހު އަލަމްގެ ކޮޓަރީގައި ހުރި އެނދުގެ ގޮދަޑިއާއި ބެޑްޝީޓު ތޫނު އެއްޗަކުން ކަފައިގެން ގޮސްފައިހުރިކަމުގެ ނިޝާން ފެންނަންހުރިއިރު، ފާރާއި ބިންމައްޗާއި އެނދުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. 

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް