ads
ރައީސް ޔާމީން: ފޮޓޯ---ދިޔަރެސް
ރައީސް ޔާމިން ބާރަށަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފި
ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ހއ. ބާރަށަށް ވަޑައިގެންފި އެވެ.

ހއ. ގެ ފަސް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބާރަށަށް އެމަނިކުފާނު ވަޑައިގެންނެވި ވަގުތަކީ، މޫސުން ގޯސް ވަގުތެއް ނަމަވެސް، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރުމައްޗަށް ޖަމާވެފަ އެވެ. 

އެމަނިކުފާނު ވަނީ، މަރުހަބާ ދެންނެވުމަށް ގޮސް ތިބި ހުރިހާ ފަރާތްތަކާއި ސަލާމް ކުރައްވާފަ އެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހއ. ގެ ފަސް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ކުރާ މެނިފެސްޓޯ އަށް މުހިއްމު މައުލޫމާތުތައް ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ. 

އަދި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާ، ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް