ads
ރާޖް ކުންދުރާ
ބޭރަށް ނިކުންނައިރު މުޅި މޫނު ނިވާކޮށްގެން އުޅޭ ސަބަބު ރާޖް ހާމަކޮށްފި
ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރު ކުރީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ މިހާރު ހުރީ މިނިވަންކޮށްފައެވެ.
Advertisement

އޭނާ ބަންދުން ދޫކޮށްލީ ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކޯޓުން އޭނާ ދޫކޮށްލަން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

އެހެންކަމުން އޭނާ މިނިވަންކުރިި ނަމަވެސް، ކުށުގެ ރެކޯޑް ސާފުކުރުމަށް 50،000 ރުޕީސް ދައްކަން ޖެހޭނެ ކަމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރާޖް ހައްޔަރުކުރިތާ ދެމަސް ފަހުން ޖަލު ބަންދުން ގެއަށް ދޫކޮށްލިއިރު، ރާޖް ހައްޔަރުކުރެވުމާ އެކު ގިނަ ބައެއްގެ ނަފްރަތާއި ބަހުގެ ހަމަލާތައް ރާޖްގެ އިތުރުން ޝިލްޕާ އަށްވެސް އަންނަނީ ރައްދުވަމުންނެވެ. 

ސޯޝަލް މީޑިއާގައި އެކްޓިވް ރާޖް މިހާދިސާއަށްފަހު އެއްވެސް ވަރަކަށް އޭރު ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރާ ތަނެެއް ނުފެނެއެވެ. ބޭރަށް ނިކުމެ އެއްވެސް ނޫޅެއެވެ. ޝިލްޕާއާއިއެކު އިވެންޓުތަކަކުންވެސް ނުފެނެއެވެ. އޭނާގެ އިންސްޓަގްރާމާއި، ޓްވިޓާ އެކައުންޓުވެސް އޭރު ޑިލީޓުކޮށްލިި އެވެ. ޑިލީޓުކޮށްލި ސަބަބެއް ހާމައެއް ނުކުރެއެވެ. އަދި ރާޖްގެ ފަރާތުންވެސް ޝިލްޕާގެ ފަރާތުންވެސް މިހާދިސާއި ބެހޭގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ވެސް ނުވެއެވެ. ނަމަވެސް މިހާރު އަނެއްކާވެސް ރާޖް އަންނަނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ނެވެ.

ބޭރުތެރެއިން ޝިލްޕާއާއިއެކު ފެންނަންވެސް ފެނެއެވެ. ނަމަވެސް ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ރާޖް ހުންނަނީ މޫނު އެއްކޮށް ނިވާވާގޮތަށް ފޭސް މާސްކު އަދި ޝިލްޑް އަޅައިގެންނެވެ. އޭނާ ފޮޓޯއަކަށްވެސް ނުހުއްޓެވެ.
 
ތަފާތު ޒާތުޒާތުގެ ފޭސް މާސްކުތަކުން މޫނު ފޮރުވާތީ އާންމުންގެ ފަރާތުން ލިބޭ ފާޑުކިޔުންތައްވެސް ވަރަށް ބޮޑެވެ. ފޭސް މާސްކު ނަގައި، ހަގީގަތާއި ކުރިމަތިލުމަށާއި، ގޯސްކަމެއް ކުރިޔަސް އަދި ކުށްވެރިޔަކަށް ނުވިސް ދުނިޔެއާއި ކެރިގެން ކުރިމަތިލުމަށް ބައެއް މީހުން އަންނަނީ ބުނަމުން ނެވެ.


މިވާހަކަތަކަށް އެންމެފަހުން ރާޖް ވަނީ ރައްދުދީފައެވެ. އޭނާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ފޭސް މާސްކު އަޅަނީ ލަދުން ނޫންކަމަށާއި، އަދި ހަގީގަތާއި ކުރިމަތިލާން ޖެހިލުންވާތީ އެއްވެސް ނޫން ކަމަށެވެ. އޭނާ ބުނީ އޭނާ އެކަން ކުރަނީ މީޑިއާއަށް އޭނާގެ އެއްވެސް އެކްސެސް އެއް ދޭން ބޭނުން ނުވާތީ ކަމަށެވެ. 

ރާޖް ”ފޭމަސްވީ“ ޝިލްޕާގެ ސަބަބުން ކަމަށް ބުނެ ފާޑުކިޔާފައިވާ މީހެއްގެ ޕޯސްޓަކަށް ރައްދުދީ ރާޖް ބުނެފައިވަނީ، މަގުބޫލުކަން ކުޑަވީ ވެސް ޝިލްޕާގެ ސަބަބުން ކަމަށެވެ.   

ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރި ވާހަކައަކީ މިހާރު ބޮލީވުޑްގައިވެސް އެންމެ ހޫނު އެއް ހަބަރެވެ. މި މައްސަލަޔާއި ގުޅިގެން ޝިލްޕާ އަށް ވެސް ވަނީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. 

41%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް