ads
ހައްޖުކޯޕަރޭޝަން ރޯދަ އުމުރާ ފުރުސަތު
ހައްޖު ކޯޕަރޭޝަން ރަމަޟާން އުމްރާގައި ރަޖިސްޓްރީ ވުން ހުޅުވާލައިފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ރަމަޟާން އުމްރާގައި ބާއިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާ އުމްރާ ޕެކޭޖުގައި ބައިވެެރިވުމަށް ރަޖިސްޓްރީ ވުމުގެ ސުންގަނޑިއަކީ 31 މާޗް އެވެ. 

ރޯދަ އުމުރާއާއި ދިމާކޮށް ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރޯދަ އުމުރާގައި ބައިވެރިވެގެން ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުވާލަފައެވެ.  

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 2020 ވަނަ އަހަރުގެ މާޗް އަދި ރަމަޟާން ޢުމްރާއަށް ދާ ފަރާތްތަކަށް ކަމަށާއި އެގޮތުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 2020 ގެ މާރޗް އަދި ރަމަޟާން ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ނެގޭ ގުރުއަތުލުމަކުން މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވާ އާންމުކޮށް އިޢުލާންކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ

ހައްޖު ކޯޕަރޭޝަންގެ އުމްރާ ޕެކޭޖުގެ އަގަކީ 36،965 ރުފިޔާއެވެ. މި ޕެކޭޖުގައި ދެ އުމްރާ ކުރުމުގެ ފުރުސަތާއި ތިން ވަނަ އުމްރާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ގުރޫޕްތަކަށާއި ކުޑަ ކުދިންނަށް ހާއްސަ ޑިސްކައުންޓްތައް ހިމެނޭ މި ޕެކޭޖުގައި އުމްރާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ވިސާ، ވެކްސިން އަދި އުމްރާ ޓްރެއިނިން ހިމެނެއެވެ. 

ޕެކޭޖުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި މަސްޖިދުލް ހަރަމަށް 10 މިނެޓުން ދެވޭ ތިނެއް ނުވަތަ ހަތަރު ތަރީގެ ހޮޓަލް ތަކުގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މައްކާގައި ހޭދަ ކުރައްވާ ދުވަސްކޮޅު މީރު ދިވެހި ކެއުން ލިބިގެންދާނެއެވެ. 

ހައްޖު ކޯޕަރޭޝަންއާއި އެކު އުމްރާއަށް ދާ ފަރާތްތަކަށް މައްކާގައި ތިބޭ ހޮޓަލުން ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެއެވެ. މި ޕެކޭޖުގެ ދަށުން ގުޅޭނެ އެމެޖެންސީ ނަންބަރަކާއި 24 ގަޑިއިރު ކަސްޓަމާ ސާވިސް ލިބިގެންދާ ކައުންޓަރެއް ހުންނާނެއެވެ. 

އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް މަދީނާއަށް ދިއުމުގެ ފުރުސަތުގެ އިތުރުން މައްކާގެ ބަލާލުމުގެ ފުރުސަތާއި އިތުބާރު ހުރި ޝޭހުންގެ ދަރުސްތައް އަޑު އެހުމުގެ ފުރުސަތު ލިބިިގެންދާނެއެވެ. 

މި ކޯޕަރޭޝަންގެ އުމްރާ ޕެކޭޖުގައި އުމްރާ ކިޓެއް ވެސް ހިމެނެއެވެ. މި ކިޓް ގައި ހިމެނޭނެ ތަކެއްޗަކީ، ފޮށި، ކޮނޑުގައަޅުވާ ދަބަސް، އުނަގަނޑުގަ އަޅުވާ ދަބަސް، ޓޮއިލެޓްރީ ދަބަސް، ފައިވާން ލާ ކޮތަޅު، އިހްރާމް، ކަޅު ފޮތި، ބުރުގާ ލޯގޯ، ދުއާ ފޮތް، އުމްރާ ދަތުރު ފޮތް އަދި ހައްޖު ފޮތެވެ. 

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު ހައްޖު ކޯޕަރޭޝަންގެ ނަންބަރު 3011000 އަދި 3010872 ކަށް ގުޅާލުމުން ލިބިގެންދާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް