ހައްޔަރުކޮށްފައިވާ މީހާގެ ނަން އާއްމުކޮށްފައި ނުވިނަމަވެސް އެއީ 37 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން އަންނަނީ އެ މީހާ ހައްޔަރުކޮށްގެން މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މާލޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނެގި ވީލްޗެއާއަކީ މާފަންނުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ވީލްޗެއާއެވެ. ވީލްޗެއާ ވަގަށް ނެގީ އަވީލާފައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.