ads
ރޯވި އިންޑޮނޭޝިއާގެ މިސްކިތް
އިންޑޮނޭޝިއާގެ މިސްކިތެއްގެ ގުއްބު ވެއްޓޭ ބިރުވެރި މަންޒަރު
އިންޑޮނޭޝިއާގެ ޖާކާޓާގައި ހުންނަ ގްރޭންޑް މޮސްކު އޮފް ދަ އިސްލާމިކް ސެންޓާގައި ރޯވެ، މިސްކިތުގެ އިމާރާތުގައި ހުރި ގުއްބު ވެއްޓިއްޖެ އެވެ.

އެ މިސްކިތުގައި ހުރި ބޮޑު ގުއްބުގައި އަލިފާން ރޯވެ ވެއްޓުނީ، އެ މިސްކިތުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

ދައުރުވަމުންދާ ވީޑިއޯ ތަކުން ފެންނަ ގޮތުން، އަލިފާން ގަނޑު ފުރަތަމަ ރޯވެ މުޅި ގުއްބުން އެއްކޮށް ދުން އަރަން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭ ގުއްބު އެއްކޮށް ބިމާ ހަމަވާ މަންޒަރު ފެނެ އެވެ. 

ގުއްބުގައި ރޯވި އަލިފާންގަނޑުގެ އަސަރު އެތައް ސަރަހައްދަކަށް ކޮށްފައި ވީނަމަވެސް، މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ވާކަމުގެ ރިޕޯޓް އެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް، އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ތަހުގީގު ފަށާފައި ވާއިރު، މިހާތަނަށް އެ މަސައްކަތުގައި އުޅުނު ހަތަރު މީހަކު ތަހުގީގަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވާކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް