އެގައުމުގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ ޝޯ ކެންސަލް ކުރީ އެގައުމުގެ ފޮރިން ރިޒާވު މަދުވަމުން ދަތީ "ޑޮލަރު" ބޭނުންކުރުން މަދުކުރަން ކަމަށެވެ.
ނޯރާ ފަތޭހީ ބަންގުލަދޭޝް އަށް ދިއުމަށް ނިންމާފައިވަނީ 'ވިމެންސް ލީޑާޝިޕް ކޯޕަރޭޝަން' އިން ބައެއް އެވޯޑު ހަވާލުކޮށް ޑާންސްތަކެއް ހުށަހެޅުމަށެވެ.
ބަނގުލަދެޝްގެ ފޮރިން ރިޒާވް 2021 ވަނަ އަހަރު ހޫރި 47 ބިލިއަން ޑޮލަރުގައެވެ. ނަމަވެސް މިހާރު އެ ރިޒާވު ވަނީ 37 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. މީގެ ސަބަބުން ބަނގުލަދޭޝް ސަރުކާރުން އަންނަނީ ގިނަ ކަންތައްތަކެއް ކެންސަލް ކުރަމުންނެވެ.