ads
މުފްތީ މެންކް
މެންކް ރާއްޖޭގައި މިފަހަރު ދެެއްވާ ފުރަތަމަ ދަރުސް ޑިޕްރެޝަން އެންޑް އެންޒައިޓީ އަށް
މަޝްހޫރް ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި މާލޭގައި ދެ ދަރުސް އަދި އައްޑޫ ސިޓީގައި ދެ ދަރުސް ދެއްވާނެ އެވެ.
Advertisement

ފުރަތަމަ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ، 28 ވަނަ ދުވަހުގެ ރޭ، 20:45 ގައި މާލޭ އަލިމަސް ކާނިވަލުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި ދަރުސްގެ މައުލޫއު އަކީ ޑިޕްރެޝަން ، އެންޒައިޓީ އަދި ސްޓްރެސް އެެވެ.

މެންކްގެ ދެވަނަ ދަރުސް އޮންނާނީ 29 ވަނަ ދުވަހުގެ ރޭ، ފުވައްމުލަކު ސިޓީގައެވެ. އެރޭ 20:45 ގައި ފުވައްމުލަކު ސްޓޭޑިއަމްްގައި އޮންނަ މި ދަރުސް ހާއްސަކޮށްފައިވަނީ، އިސްލާމްދީނާއި، އޯގާތެރިކަން އަދި ހެޔޮއެދުމުގެ މައްޗަށެވެ.

ތިންވަނަ ދަރުސް އޮންނާނީ 30 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީ، ސިޓީ ސްކޮއަގައި 20:45 ގައި އޮންނަ މި ދަރުސް ހާއްސަކޮށްފައިވަނީ، އުފެއްދުންތެރި މުސްލިމް ގެ މައްޗަށެވެ.

އެންމެ ފަހު ދަރުސް އޮތީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. އެރޭ 20:45 ގައި އޮތް މި ދަރުސްގެ މައުލޫއު އަކީ އާއިލީ މައްސަލަތަކަށެވެ.

އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވިގޮތުން، މިމަހުގެ 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މުފްތީ މެންކް ކަމަށެވެ. ހުތުބާގެ މައުލޫއު އަކީ ”މާތްﷲ އާއި އޮންނަ ގުޅުން ދިރުވާށެވެ“ ހުތުބާ ދެއްވާނީ އިނގިރޭސި ބަހުން ނެވެ.

މުފްތީ މެންކް ވަނީ މީގެކުރިންވެސް ރާއްޖެއަށް އެކި ފަހަރުމަތިން ޒިޔާރަތްކުރައްވާފަ އެވެ. މުފްތީ މެންކް އެންމެފަހުން ރާއްޖެއަށް ވަޑައިގަތީ 2020 ވަަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު ރާއްޖޭގައި ހޭދަކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި، މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ދީނީ ދަރުސްތައް ދެއްވާފައި ވެއެވެ.

އެފަހަރު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައިވަނީ މުފްތީ މެންކް އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް