ގިނަ އަދަދެއްގެ ބަޔަކާ އެކު އެއް ޖިއްސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރީގެ ބޮސްގެ ގޮތުގައި ބެލެވިފައިވާ 2 މީހުންގެ ބަންދު މުއްދަތު، މައުލޫމާތު ލިބިފައިވާ ގޮތުގައި ވަނީ 15 ދުވަހަށް އަނެއްކާވެސް އިތުރުކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރު ދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރު ކުރި އެވެ.
އެމީހުންގެ ތެރެއިން 2 މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފަ އެވެ.