ads
ބްލެކް މެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން
ވީޑިއޯ ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލަ އޮތީ ޕީޖީއަށް ހުށަހެޅުމުގެ މަރުހަލާގަ
ރާއްޖޭގެ ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިގެ ވީޑިއޯތައް ބޭނުން ކޮށްގެން، މީހުން ބްލެކްމެއިލް ކުރި މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. 

އެ ފަސް މީހުންގެ ތެރެއިން ފުލުހުން އާއްމު ކުރީ ތިން މީހެއްގެ ވަނަވަރެވެ. އެއީ، ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

އެ މީހުންގެ ތެރެއިން ހަމްދޫން އަބްދުﷲ އާއި މުހައްމަދު މިހާދު މުސްތަފާ ހައްޔަރުކޮށްފައިވަނީ ހުސްވި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި މި ދެމީހުންނަކީ، މި މައްސަލަ އާއި ގުޅިގެން އަދިވެސް ބަންދުގައި ތިބި މީހުންނެވެ. 

އަލަމްގިރީގެ ބޮސްގެ ގޮތުގައި ބެލެވިފައިވާ މި ދެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ހަމްދޫންގެ ބަންދަށް އިތުރު 15 ދުވަސް އަދި މިހާދުގެ ބަންދަށް އިތުރު 10 ދުވަސް  ކޯޓުން ވަނީ ޖަހާފަ އެވެ. 

މި ކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެމުން ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، މިހާރު މައްސަލަ އޮތީ، ޕީޖީއަށް ފޮނުވުމުގެ މަރުހަލާގައި ކަމަށެވެ. އަދި ވަރަށް އަވަހަށް މި މައްސަލަ ޕީޖީ އަށް ފޮނުވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް