ads
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު: ފޮޓޯ--- ރާއްޖެ އެމްވީ
ކުރީގެ ބަންޑާރަ ނައިބު މުނައްވަރުގެ ބޮޑު ސުވާލެއް ސަރުކާރަށް؟
އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ އިމުގެ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށް ސަރުކާރުން ބުނާއިރު، ސަރުކާރުން ކުއްލި ގޮތަކަށް މޮރިޝަސް މައްސަލާގައި ސްޓޭންޑް ބަދަލު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވު ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސަރުކާރަށް ސުވާލުކުރައްވައިފި އެވެ.
Advertisement

މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ، ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވާފަ އެވެ.  

އެކަމާއި ގުޅިގެން ރާއްޖޭގެ އިހްތިސާސް ހިމެނޭ ސަރަހައްދެއް ގެއްލިގެން ދާނެ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ، މިކަމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާއި ދިވެހިރާއްޖޭގެ އިކޮނޮމިކް ޒޯން އާއި ފުށޫއަރާ މައްސަލައިގައި ކަނޑުތަކުގެ ގާނޫނާ ބައިނަލް އަގްވާމީ ޓްރައިބިއުނަލުން ބަލަމުން އަންނަ މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދެއްވި ސްޓޭޓްމަންޓުގައި މޮރިޝަސްގެ ސިޔާދަތު ގަބޫލުކުރުމަށް ނިންމިކަން އިއުލާން ކުރެއްވި ކަމަށެވެ. 

މީގެ ކުރިން ދިވެހި ސަރުކާރުން ވަކާލާތު ކުރަމުން ގެންދިޔައީ، މި މައްސަލަ އަކީ މޮރިޝަސް އިން އެކަން ކަށަވަރު ކުރުމަށް ވަލު ދޮރާށިން ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ނުބެލޭނެ ކަމަށެވެ. 

"އެހެން ނަމަވެސް މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިބްރާހިމް ރިއްފަތު މި ވިދާޅުވަނީ، އަޅުގަނޑުމެން ނިންމައިފީމޭ ސިޔާދަތު ގަބޫލު ކުރަން. އެހެންވީމަ ކިހިނެއްތޯއޭ އަޅުގަނޑުމެން ގަބޫލު ކުރަންވީ، މީގެ ތެރެއިން ތެދަކީ ކޮބައިކަން، ދޮގަކީ ކޮބައިކަން. އެއީ މިއީ ދެ މައްސަލައެއް ނަމަ އެވާހަކަ އެތަނުގައި ވިދާޅުވާކަނަށް ނުޖެހޭނެ." މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، ސަރުކާރުން މި މައްސަލައާއި ގުޅިގެން ކުއްލިއަކަށް ރާއްޖެއިން ގެންގުޅުނު ސްޓޭންޑް ބަދަލު ކުރީ، އިންޑިއާގެ ނުފޫޒުން ކަމަށެވެ. 

"ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި އިންޑިއާ މިހާރު އެބަތިބި. އިންޑިއާއިން ދެން ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ. މޮރިޝަސް އަކީ އިންޑިއާ އަށް ވަރަށް ތާއީދު ކުރާ ބަޔަކު ތިބި ގައުމެއް." މުނައްވަރު ވިދާޅުވި އެވެ.

މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްއަށް، ޔޫއެން ކޮންވެންޝަންގެ ދަށުން ހުށަހަޅާފައިވާއިރު، ފުރަތަމަ ބުރުގެ ހިއަރިންތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، އޮގަސްޓުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި

 ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަމަށް އޭޖީ ވިދާޅުވުމާއެކު ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނީ ކަނޑުގެ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލާގައި ސަރުކާރުގެ ސްޓޭންޑު ބަދަލު ނުވާ ކަމަށެވެ.

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް