މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިހެން ވިދާޅުވީ، މަޖިލީހުގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މާލޭގައި ޑޭ ކެއާ ސެންޓަރެއް ހަދާނެ ޖާގައެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި ކަމަށެވެ.
އޭޑީބީގެ އެހީގައި ޖެންޑާ މިނިސްޓްރީން ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް" ގައި ހިމަނައިގެން ވެސް މާލެ އިން ރަނގަޅު ޖާގައެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޖާގަ ނުލިބޭތީ އެ ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.