ރައީސް ޔާމީން މިހެން ވިދާޅުވީ ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމުމާއި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި އޮތް މައްސަލައާ ގުޅޭގޮތުން އެކަނި ބަލާލުމުންވެސް ސަރުކާރުން ރައްޔިތުންނާއި ސިއްރުން ކަންކަން ކުރާ މިންވަރު ހާމަވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވިއްކާލާފައޭ އޮންނާނީ. އެ ލާރި ނެގި ބަޔަކު ނަގާފައޭ އޮންނާނީ. އެގޮތަށް ގިނަ ބަޔަކު ގަބޫލު ކުރަނީ. އެއީ ހިލޭ ކުރާ ކަހަލަ ކަންކަމެއް ނޫން،"