ads
ނެހާ ކައްކަރު އަދި އޭނާގެ ފިރިމީހާ
ނެހާ ކައްކަރުގެ ދެ ވަނަ އެނިވާސަރީ ފާހަގަކޮށްފި
ނޭހާ ކައްކަރުގެ ކައިވެނީގެ ދެ ވަނަ އެނިވާސަރީ ފާހަގަކޮށްފި އެވެ.

ނޭހާ ކައްކާރު މަޝްހޫރުވެފައިވަނީ އޭނާގެ އަޑަށެވެ. ނޭހާ ކައްކާރު ފެށީ 2006 ވަނަ އަހަރު ޝޯ އިންޑިއަން އައިޑަލް 2 ގައި ވާދަވެރިއެއްގެ ގޮތުގަ އެވެ. މިއަދާ ހަމައަށް އައި ދަތުރުގައި އޭނާ ވަނީ ގިނަ ހިޓް ލަވަތަކެއް ކިޔާފަ އެވެ.

އޭނާގެ ކެރިއަރުގައި އޭނާގެ ލަވަތަކުގެ ތެރެއިން ސަނީ ސަނީ، މަނަލީ ޓްރާންސް، އައޯ ރާޖާ، ދަތިންގް ނާޗް، ލަންޑަން ތޫމްކަޑާ، ޖާދޫ ކީ ޒައްޕީ ވަނީ އޭނާގެ ހާއްސަ މަގުބޫލުކަން ހޯދާފައެވެ. ނޭހާ މަޝްހޫރުވެފައިވަނީ އޭނާގެ ޖަޒުބާތީ ތަބީއަތަކަށެވެ. ގިނަ ފަހަރަށް އޭނާގެ ޖަޒުބާތީ ތަބީއަތުގެ ސަބަބުން ވެސް ޓްރޯލް ކުރެވެއެވެ. އަދި ފާއިތުވި ދެ ތިން އަހަރު އިންޑިއަން އައިޑަލްގެ ޖަޖެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

މިއަދު އޭނާ ވަނީ އޭނާގެ ކައިވެންޏަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް ހެންޑްލްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ނޭހާ އާއި އޭނާގެ ފިރިމީހާ ރޯހަން ޕްރީތު ސިންގް ސަނީ ސަނީ ލަވައަށް ނަށަމުންދާ މަންޒަރު ފެންނައިރު އެކަކު އަނެކަކަށް ދެ އަހަރު ފުރުމުގެ ތަހުނިޔާ ވެސް އެދެ އެވެ.

އެ ވީޑިއޯގައި ދެމީހުންވެސް ފެންނަނީ ވަރަށް އުފަލުންނެވެ. އަދި އެނާގެ އެނިވާސަރީއާއި ދިވާލީ އާއި ދިމާވާތީ އެކަން ވެސް އޭނާ ވާނީ ފާހަގަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް