ސިވިލް ސޮސައިޓީ ނުވަތަ މަދަނީ ޖަމިއްޔާތަކުގެ އެވޯޑަކީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީން ދޭ އިނާމެކެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އިނާމު ދިނުމުގެ މަގުސަދަކީ އިޖްތިމާއީގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން އާންމުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ނަމޫނާ ދައްކުވައިދޭ މަސައްކަތްތަކެެއް ކޮށްދޭ ފަރާތްތަށް ގައުމީ ފެންވަރުގައި ފާހަގަކުރުން ކަމަށެވެ.
މި އިނާމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އިނާމަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 12 ޖެހުމާއި ހަމަޔަށެވެ.
އިނާމަށް އެދި ހުށަހަޅާނީ
މި އިނާމަށް ހޮވޭ ފަރާތްތަކަށް ދޭނީ އެވޯޑާއި ސެޓްފިކެޓެކެވެ.