ކެމްޕެއިން ދަތުރުފުޅުގައި ނ. އަތޮޅުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މީގެ ކުރިން ނ. އަތޮޅާއި ދ. އަތޮޅު އޮތީ މުޅިން ޕީޕީއެމުން އެމްޑީއޭއަށް ދޫކޮށްލާފައި ކަމަށެވެ.
"އެއީ އަޅުގަނޑުމެންނާއި އެމްޑީއޭއާ އޮތް ވަރުގަދަ އެގްރީމެންޓެއްގެ ދަށުން، އެހެންނަމަވެސް އެމްޑީއޭއިން ވެސް އަޅުގަނޑުމެންގެ ހައްގުތައް މި ދާއިރާތަކުގައި ހިމާޔަތްކުރުމަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވާފައި އޮތީ އެމްޑީއޭ ވަރުގަދަކުރުމަށް،"
ސިޔާމަކީވެސް ޔާމީން ފަދައިން އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން އަންނަ ބޭފުޅެކެވެ. 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ސިޔާމަކީ ޔާމީންގެ ކޯލިޝަން ޕާޓްނަރެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބުގައި ސިޔާމް ޔާމީނާއެކު ނުނިކުންނަވައެވެ.