ads
މުފްތީ މެންކް އިސްލާމީ މަރުކަޒުގައި
ހަގީގީ ބާއްޖަވެރިކަމަކީ ﷲ އެންގެވި ގޮތް އިހްތިޔާރުކުރުން
ހަގީގީ ބާއްޖަވެރިކަމަކީ އަޅާ ﷲއަށް އީމާންވެ އެ ކަލާނގެ އެންގެވި ގޮތް އިހްތިޔާރުކޮށް އެކަލާނގެ ނަހީކުރެއްވިކަންކަމާ ދުރުހެރިވުމުން، الله އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުއޫރެއްކަމަށާއި އެއީ އެއްގޮތަކަށްވެސް މާއްދީ ގޮތުން ހާސިލްވެވޭނެ އެއްޗެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ ހަގީގީ ބާއްޖަވެރިކަން މި މައުލޫއަށެވެ. މިއަދު އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިމާމްވެ ހުކުރު ނަމާދުކުރެއްވީ މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ މެންކްއެވެ.

މިއަދުގެ ހުތުބާގައި މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަންކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ކަމުގައިވީނަމަ އެކަން ކުރާނެކަން ކަށަވަރުކަމަށް ބަޔާންކުރައްވާފައިވެއެވެ.

ބާއްޖަވެރިކަން ދަނެގަންނާނެ ގޮތަށް ހުތުބާގައިވަނީ އަލިއަޅުވާލައްވާފައެވެ. އަދި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހޯދޭނެ ގޮތްތައް ވަނީ ބަޔާންކުރައްވާފައެވެ.

ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަންކަމަށާއި މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތްކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި ގަދަ ކީރިތިވަންތަ الله سبحانه وتعالى ހަނދުމަކުރަންވެސް ހަނދާނެއް ނުހުންނަކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ފަސް ނަމާދުމަތިންވެސް ހަނދާން ނުހުންނަކަމާއި އެއީ މާތް ﷲ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ އަޅުކަންކަމަށް މިއަދުގެ ހުތުބާގައިވެއެވެ.  އެހެންކަމުން ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރިނަމަވެސް ބާއްޖަވެރިކަން ނުލިބޭނެކަން ހުތުބާގައިވަނީ ބަޔާންކުރައްވާފައެވެ.

މިއަދުގެ ޚުޠުބާގައިވަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސްކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލުމުންނަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް