ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޮޑުވަޒީރު އެންޓާޓިކާއަށް ވަޑައިގަތީ މޫސުމަށް އަންނަ ބަދަލުތަކާއެކު އެންޓާޓިކާއަށް އަންނަމުންދާ ބަދަލުތައް ބައްލަވައި ދިރާސާކޮށްލެވުމަށެވެ.
ނަމަވެސް އެބުރި ގައުމަށް ވަޑައިގަންނަން އުޅުއްވަނިކޮށް އަސްކަރީ މަތިންދާބޯޓައް ދަމާވި ޓެކްނިކަލް ގްލިޗެއްގެ ސަބަބުން އެކަމަނާގެ ދަތުރު ފަސްކުރަން ޖެހިވަޑައިގަތެވެ.
މުޅިން އައިސް އިން އުފެދިފަ އޮންނަ އެ ކޮންޓިނެންޓްގައި ހުންނަ ނިއުޒިލޭންޑްގެ ރިސާޗު ފެސިލިޓީގައި އިތުރު އެއް ރެއަށް އެކަމަނާ މަޑުކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއުޒިލޭންޑަކީ އެންޓާޓިކާއަށް އިހްތިސޯސް އޮންނަކަމަށް ދައުވާކުރާ ހަތް ގައުމުތަކުގެ ތެރެއިން ގައުމެކެވެ.