މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ސޯލިހް ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީހްގައި މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތީ އެކަމަށް މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސް ސޯލިހަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހް މީގެކުރިން މާޅޮހަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވެސް ވަނީ ކައުންސިލުން ފާހަގަކޮށްފަ އެވެ.
ހަމަައެއާއެކު މާޅޮހުގެ ތަރައްގީއަށް މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
ކައުންސިލުން ފާހަގަކުރި ކަންކަން
މި ބައްދަލުވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.
މާޅޮހު ކައުންސިލާއިއެކު ބޭއްވި ބައްދަލުވުން
މި ބައްދަލުވުމުގައި ރައީސް ވަނީ، މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާއި، ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާއިގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފަަ އެވެ. މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.