ޕަންޖާބަށް ނިސްބަތްވާ ސަނީ ކާމިޔާބު ކުރީ ފައިނަލްގައި އިތުރު ހަތަރު ބައިވެރިންނާ ވާދަކޮށްގެންނެވެ. އިންޑިއަން އައިޑަލްގެ ޓްރޮފީއާއެކު 25 ލައްކަ ރުޕީސްގެ ފައިސާ އިނާމު އޭނާއަށް ލިބިފައިވާއިރު މުބާރާތުން ދެވަނަ ހޯދާފައިވަނީ ރޯހިތު ރައުތުއެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އަންކޮނާއެވެ.
ޝޯގެ ޖަޖުންގެ ޕެނަލްގައި ތިބީ ނެހާ ކައްކަރު އާއި އަނޫ މަލިކް އަދި ވިޝާލް ދަދްލާނީއެވެ.
އިންޑިއަން އައިޑަލް އަކީ 2004 ވަނަ އަހަރު ފެށުނު ޝޯއެކެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެޝޯގެ މިދިޔަ އަހަރު ކާމިޔާބު ކޮށްފައިވަނީ ސަލްމާނު އަލީ އެވެ.