މުފްތީ މެންކްގެ ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ރޭގަނޑު 8:45 ގައި އޮންނަ މި ދަރުސްގެ މައުޟޫޢުއަކީ ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތައް މިހާތަނަށް ވަނީ މާލެއާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބާއްވާފައެވެ. މި ދަރުސްތަކަށް ގިނަބައެއްގެ ތަރުޙީބުވަނީ ލިބިފައެވެ. ހޯމަ ދުވަހުގެރޭގެ ދަރުހަށްވެސް ހުރިހާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީންވަނީ ދައުވަތު އަރުވާފައެވެ.
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.