ads
ރަޝިއާއިން އެއްބަސްވުން މެދުކަނޑާލުމުން މެދުއިރުމައްޗާއި، އެފްރިކާއިން ވަނީ ކާޑަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައި
ޔޫކްރެއިނުށް ކާޑުގެ ބާވަތްތައް ގައުމުތަކަށް ފޮނުވުމަށް ތުރުކީން އެހީވަނީ
ރަޝިޔާއިން ޔޫކްރެއިނުގެ ކާޑުގެ ބާވަތްތައް ބޭރުކުރުން މެދުކަނޑާލި ނަމަވެސް ތުރުކީން ކާބޯތަކެތި ގައުމުތަކަށް ފޮނުވައިދޭނެކަމަށް ބުނެފިއެވެ.

ތުރުކީން ބުނީ ރަޝިޔާއިން އދ.އާއެކު ހަދާފައިވާ ކާބޯތަކެތި ފޮނުވުމުގެ އެއްބަސްވުން މެދުކަނޑާލި ނަމަވެސް ޔޫކްރެއިނުން ކާޑުގެ ބާވަތްތައް އެކްސްޕޯޓްކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރަޝިއާއިން މިދިޔަ ހޮނިހިރު ދުވަހު އެ އެއްބަސްވުން މެދުކަނޑާލީ ރަޝިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ފްލީޓަށް ޔޫކްރެއިންގެ ބޮޑު ޑްރޯން ހަމަލާއެއް ދިން ކަމަށް ބުނެ އެވެ. ރަޝިއާގެ މި ނިންމުމާ އެކުވެސް މުދާ އުފުލާ އުޅަނދުތަކުން 354،500 ޓަނުގެ ކާނާ ހިފައިގެން ވަނީ ގައުމުތަކަށް ދަތުރު ކޮށްފައެވެ. މިއީ އޮގަސްޓް މަހު މި ޕްރޮގްރާމް ފެށި ފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ކާޑުގެ ބާވަތަތައް ބޭރުކުރި ފަހަރެވެ.

މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް މެދުވެރިއަކަށްވި، ތުރުކީން ވަނީ އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ބުނެފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ރަޝިއާއިން އެފަދަ ގޮތަކަށް އަމަލު ކުރި ނަމަވެސް އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.

ތުރުކީގެ ދިފާއީ ވަޒީރު ހުލޫސީ އަކާރް ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫއަށް މިއަދު ވިދާޅުވީ، ރަޝިޔާއިން ކާޑުގެ ބާވަތްތައް މެދުކަނޑާލި މައްސަލަ އަލުން އިވެލުއޭޓް ކުރަން ޖެހޭ ކަމަށެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ ދެ ވަޒީރުން ފޯނުން ގުޅުއްވައި އަކާރް، ޝޯއިގޫއަށް ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އެއްބަސްވުން ދެމިއޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ވަކިން އެކަން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް