ads
ނޯވޭ ސިފައިން
ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ނޯވޭއިން މިލިޓަރީ އެލާޓް ލެވެލް މަތި ކޮށްފި
ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ނޯވޭއިން މިލިޓަރީ އެލާޓް ލެވެލް މަތިކޮށްފިއެވެ.
Advertisement

ޔޫކްރެއިންއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިއާއިން އެހެން ވަސީލަތްތައް ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު ދީ، ނޯވޭއިން ވަނީ އެގައުމުގެ ސިފައިންގެ ތައްޔާރީ ލެވެލް މަތިކޮށް، ސަލާމަތީ ގޮތުން ވަރަށް އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފަ އެވެ.

ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރް ސްޓޯ މިކަން އިއުލާނުކުރެއްވީ މިދިޔަ ހޯމަ އެވެ. ޔޫރޯވީކްލީ ނިއުސް އިން ބުނި ގޮތުގައި ރެޑިނެސް ލެވެލް  0 އިން ރެޑިނެސް ލެވެލް 1 އަށް ބަދަލުކުރުމަށް ސްޓޯ ވަނީ ސިފައިންނަށް އަންގަވާފައެވެ.

އޭނާ ވިދާޅުވީ އެގައުމު މިހާރު އޮތީ ފާއިތުވި އަހަރުތަކުގައި ކުރިމަތިވި ސަލާމަތީ ސިޔާސަތުގެ އެންމެ ސީރިއަސް ހާލަތުގައި ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓޯ ވިދާޅުވީ، ޔޫކްރެއިންގެ ބިމުގައި ރަޝިޔާއަށް މިހާރު ވަރަށް ބޮޑު ހުއްޓުންތަކެއް ކުރިމަތި ވަމުންދާތީ، ރަޝިއާއިން އަސްކަރީ ކެމްޕޭނުގައި އެހެން ވަސީލަތްތައް ބޭނުން ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ރަޝިއާއިން ސީދާ ނޯވޭ ނުވަތަ އެހެން ގައުމުތައް ހަނގުރާމައިގައި ބައިވެރިކުރަން ބޭނުންވާނެ ކަމަށް ގަބޫލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ނޯވޭގެ އަސްކަރިއްޔާ މަތީ އެލާޓަށް ގެނައުމަކީ މިހާރު މިއޮތް ހާލަތުގެ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނޯވޭގެ ސެކިއުރިޓީ ސާވިސަސް (ޕީއެސްޓީ) އިން މިފިޔަވަޅު އަޅާފައި މިވަނީ ރަޝިއާއަށް ޖާސޫސް ކޮށްދޭ ކަމަށްބުނެ  މިދިޔަ ހަފުތާގައި ޔުނިވާސިޓީގެ ލެކްޗަރާއެއް ނޯވޭއިން ހައްޔަރު ކުރުމަށްފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް