ads
ޝާހުގެ ފޮޓޯ ބުރިޖު ހަލީފާގައި
ދުބާއީގެ ބުރިޖްހަލީފާ ގައި ޝާހުގެ ފޮޓޯ
ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި މަޝްހޫރު ދުބާއީގެ ބުރިޖްހަލީފާ އިމާރާތައް ބޮލީވުޑްގެ "ކިންގު" ޝާހުރުކް ހާންގެ ފޮޓޯއެއް އަރުވައިފިއެވެ.

މި ފޮޓޯ އަރުވާފައިވަނީ ޝާހުގެ 57 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާއަށް ވިޝްކުރުމުގެ ބޭނުމުގައެވެ. 

ޝާހުގެ ފޮޓޯ އެ އިމާރާތައް އަރުވައި ލިޔެފައިވަނީ "ވީ ލަވް ޔޫ" ކަމަށެވެ. 

ޝާހުރުކްހާން ވަނީ އޭނާގެ އުފަންދުވަސް ބުދަ ދުވަހު ފާހަގަކޮށްފައެވެ. 

ޝާހުގެ އުފަންދުވަސް ފާހަގަކުރަން އެތައް ސަތޭކަ ބަޔަކު އޭނާ ދިރިއުޅޭ ގޭ ދޮށަށް އެއްވެފައިވާއިރު، އޭނާވަނީ ފޭނުންނަށް ފެނިލުމަށް ނުކުމެފައެވެ. 

ޝާހުރުކް ހާން މިއަހަރު ނެރެން ނިންމާފައިވާ ފިލްމު "ދުންކީ" ގެ ބައެއް މަންޒަރުތައް ސައުދީ އަރަބިއްޔާގައި ނެގުމުން ފުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އުފަންދުވަހާ ދިމާކޮށް އޭނާ ވަނީ ދުންކީގެ ޓްރެއިލާ ވެސް ނެރިފައެވެ. 

މި ފިލްމުގެ މަންޒަރުތައް ނެގުމަށް މިމަހު 15 ވަނަ ދުވަހު ދުންކީގެ ޕްރޮޑަކްޝަން ޓީމާއި ސްޓާރުން ފުރާނެއެވެ. އަދި މި މަސް ނިމެން ދެން ސައުދީގައި ޝޫޓިން ކުރިއަށް ގެންދާނެއެވެ. 

ޝޫޓު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީގެ ޖިއްދާގައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް