ads
އިމްރާން ހާން މިހާރު ވަނީ އެ ސަރަހައްދުން ވަޑައިގެންފައި——
ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން އަށް ބަޑިން ހަމަލާދީފި
އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ދުރުކޮށްފައި ހުރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ހަށިކޮޅަށް ބަޔަކު ބަޑިން ހަމާލާދީފި އެވެ.
Advertisement

ރިޕޯޓުތައް ބުނާގޮތުން ބަޑިން ހަމާލާދިނީ އިމްރާން ހާން އިސްވެ ހުންނަވާ، ސަރުކާރާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން މީގެ ކުޑައިރުކޮޅެއް ކުރިން ނެވެ. 

ހަމަލާ އަރާފައިވަނީ އިމްރާން ހާންގެ ފަޔަށް ކަމަށް ހަބަރުތައް ބުނެ އެވެ. ޕީޓީއައި ޕާޓީ އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިމްރާންގެ ފަޔަށް ހަތަރު ވަރަކަށް ފަހަރަށް ބަޑިޖަހާފައި ވެއެެވެ.

އަދި އޭނާގެ މެނޭޖަރު ރަޝީދާއި ކުރީގެ ގަވަރުނަރު ސިންދު އިމްރާން އިސްމާއީލް ހިމެނޭ ގޮތަށް ފަސް މީހުން އެ ހަމަލާގައި ޒަހަމްވެފައިވެ އެވެ. 

އެގައުމުގެ ބޯލް ޓީވީއާ ވާހަކަ ދައްކަމުން އެ ހިނގާލުމުގެ ތެރެއިން ހަމަލާގައި ޒަހަމުވި މީހުންގެ ތެރޭ ހިމެނޭ ގަވަރުނަރު އިމްރާން އިސްމާއިލް ވިދާޅުވީ، ހަމަލާ ދިން އިރު އޭނާ ހުރީ އިމްރާނާ ހާން އާއި ޖެހިގެން ކަމަށާއި، ހަމަލާދިން މީހާ ހުރީ ސީދާ އެމީހުން ތިބި ކޮންޓެއިނަރުގެ ކުރިމަތީގައި ކަމަށެވެ. އަދި އޭނާ ގެންގުޅުނީ އޭކޭ-47 އެއް ކަމަށް ބުނެފައި ވެއެވެ.

ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ވެއެވެ. ގިނަ ބަޔަކު އެއްވެފައިވާ އެތަނުގައި ހިނގި މި ހަދިސާއަށްފަހު އިމްރާން ވެހިކަލް އަށް އަރުވައިގެން ސެކިއުރިޓީންގެ ހިމާޔަތުގައި އެތަނުން ވަޑައިގަންނަ ވާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވެފައިވާއިރު، ފައިގައި ބެންޑޭޖުކޮށްފައިވާ މަންޒަރު ފެނެއެވެ.

ސީދާ އަވަހާރާކޮށްލަން ދިންކަމަށް ބެލެވޭ މި ހަމަލާއިން އިމްރާން ހާން ސަލާމަތްވީ ފަޔަށް ހަމަލާ އެރުމުން ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ދަނީ އެމައްސަލަ ތަހުގީގުކުރުމަށް ސަރުކާރަށް ޑިމާންޑުކުރަމުން ނެވެ.

your imageހަމަލާދިނުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

އިމްރާން ހާން އިސްވެ ހުންނަވާ އެއް ސިޓީ އަނެއް ސިޓީއަށް ބޭއްވި ދިގު ހިނގާލުމަކީ އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހަމަލާ އަމާޒުވިއިރު އިމްްރާން ހާން ހުންނެވީ ހިނގާލުމުގައި ބޭނުންކުރި އޯޕަން ވެހިކަލެއްގެ މަތީ ވާހަކަފުޅު ދައްކަވާށެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް