 
                                                                                                
                    އެ ޕާޓީން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ، ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމުގައި އެކޯލިޝަންގެ ދާއިރާ އިންތިހާބުގައި ވާދަ ކުރާ ވަކި ކެންޑިޑޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ އެ ކޯލިޝަން އަދި ކޯލިޝަންގެ ލީޑަޝިޕް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އަދި އެކޯލިޝަންގެ ވެރިންގެ ތެރެއިން އެއްވެސް ވެރިއަކު އެ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދައިދިނުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.
އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދާއިރާތަކުގެ ރައީސުން ހޮވުމަށް ބާއްވާ ޕީޕީއެމްގެ މި އެތެރޭގެ އިންތިހާބު އޮންނަނީ މާދަމާގެ ހެނދުނު 10:00 ގައެވެ.