ads
ނޯރާ ފަތޭހީ
ނޯރާ ފަތޭހީގެ ވީޑިއޯއިން ފެންނަނީ އުފަލުން ކަނޑަށް ފުންމާލާ މަންޒަރު
ނޯރާ ފަތޭހީ އަކީ ދަތުރުކުރަން ވަރަށް ލޯބިކުރާ ސްޓާރެކެވެ. މިދިޔަ އޮކްޓޫބަރު މަހު މޮރިޝަސްއަށް އެނާ ކުރި ދަތުރަކީ އޭގެ ހެއްކެކެވެ.
Advertisement

އެ ދަތުރަށްފަހު ނޯރާ ވަނީ އޭނާ ނިސްބަތްވަނީ "ބީޗަށް"ކަމަށް އިއުލާންކޮށްފަ އެވެ. 

އޭނާ ވަނީ އޭނާ އާއި އަނޫޕް ސަވޭ ހިމެނޭ ގޮތަށް އޭނާގެ ރައްޓެހިން ކަނޑުގެ ތެރޭގައި ޔޮޓެއްގައި މަޖާކޮށްލާ މޮންޓޭޖެއް ހިއްސާކޮށްފަ އެވެ.

ބައެއް ވީޑިއޯތައް ވެސް އޭނާ ސޯސަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯގައި އޭނާ އަވަދިނެތި ފޮޓޯތައް ނަގައި  އަނުޕް އާއި އެކު ހިތްގައިމުކޮށް ނަށާލާހަދައެވެ.

އެއް ވީޑިއޯއެއްގަި “އައި ވަނަ ޖަމްޕް އިން ދަ ސީ” އޭ ބުނެފައި ކަނޑަށް ވެސް ފުންމާލައެވެ. ނަމަވެސް އޭނާ ކަނޑަށް ފުންމާލާފައިވަނީ އުފަލުންނެވެ.

ކަޅު ކުލައިގެ ބްރޭލެޓާއި ޑެނިމް ކުރު ހެދުމަކާއި ކަޅު އަވިއައިނު ލައިގެން ހުރި ނޯރާއަށް ހަގީގަތުގައި ވެސް ދިޔައީ ވަރަށް މަޖާކުރަމުންނެވެ. 

އޭނާގެ ކެޕްޝަންގައި ލިޔެފައި އޮތީ "ޓޭކް މީ ބެކް. އައި ބިލޯންގް އޮން ދަ ބީޗް.." (އަހަރެން އަލުން ގެންދޭ އަހަރެން ނިސްބަތްވަނީ ގޮނޑު ދޮށަށް) މިހެންނެވެ. 

 

16%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް