ads
އެލަން މަސްކު، އެމްބާ ހާޑް އަދި ޖޯނީ ޑެޕް
އެލަން މަސްކުގެ ކުރީގެ ލޯބިވެރިއާ އެމްބާ ހާޑް ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފި
ހޮލީވުޑްގެ ސްޓާ އެމްބާ ހާޑް ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފިއެވެ.

އެލަން މަސްކް އާއި ޖޯނީޑެޕްގެ ކުރީގެ އަނބިމީހާ އެމްބާ ހެއާޑް، އެކަކު އަނެކަކު ދަންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެކަމަކު ސްޕޭސްއެކްސްގެ ބާނީ އާއި ބަތަލާއަށް ޝައުގުވެރިކަން އުފެދުނީ 2012 ވަނަ އަހަރުން ފެށިގެން ނަމަވެސް، ހަގީގަތުގައި އެ ދެމީހުން ގުޅުނީ އޭގެ އަހަރުތަކެއް ފަހުންނެވެ.

ކުރީގެ ދެ ލޯބިވެރިން  2016 ވަނަ އަހަރު އެކުގައި އެތައް ފަހަރަކު ފެނިގެން އަޑުތައް ފެތުރިފައިވަނިކޮށް، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ދެ މީހުންގެ ގުޅުން ރަސްމީކޮށް ފެށި އެވެ.

އެލަން އާއި އެމްބާ  2017 ވަނަ އަހަރުގެ އޮގަސްޓް މަހު ރުޅިވި ކަމަށް ބުނުމުގެ ކުރިން ހަތަރު މަސް ދުވަހު ގުޅުން ބޭއްވިއެވެ. ނަމަވެސް އޭގެ ފަހުން ވެސް އެމީހުން އެތައް ފަހަރަކު ރައްޓެހިވެ ރުޅިވެހެދިއެވެ.  އެއްކޮށް ވަކިވީ 2018 ވަނަ އަހަރުއެވެ. 

your imageއެލަން އަދި އެމްބާ އެކުގައި ސިޑްނީ މަގުމަތީގައި

ޖޯނީ ޑެޕްއާއި އެމްބާގެ ޝަރީއަތް ކުރިއަށް ދިޔައިރު ވެސް ޖޯނީ ޑެޕް ބުނެފައިވަނީ އެމީހުންގެ ކައިވެންޏަށް މަހެއް ވީތަނުން އެލަން އާއި އެމްބާ ގުޅުން ބާއްވަން ފަށައިފިކަމަށެވެ. 

ރިޕޯޓުތައް ބުނާގޮތުން އެލަން މަސްކާ ރުޅިވީ އެމްބާ އެވެ. އެލަން މަސްކު ވަނީ އިންޓަވިއުއެއްގައި އެމްބާ އޭނާއާއި ރުޅުވުމުން ވަރަށް ދެރަވާކަމަށް ބުނެފައެވެ. 

އެލަން މަސްކު ދާދިފަހުން ވަނީ ޓްވިޓާ ގަނެ އެ ކުންފުނީގެ ސީއީއޯއަށްވެފައެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެމްބާ މިވަނީ ވަނީ އޭނާގެ ޓްވިޓާ ޑީއެކްޓިވޭޓް ކޮށްލާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް