ads
ނާއިބު ރައީސް މިސްރުގައި
ކޮޕް 27: ރާއްޖޭގެ ގައުމީ ބަޔާން ހޯމަ ދުވަހު ނާއިބު ރައީސް އިއްވަވާނެ
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިސްރުގެ ޝަރްމުއްޝައިހަށް މިއަދު ވަޑައިގެންފިއެވެ.
Advertisement

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) ގެ 27 ވަނަ ސެޝަނާއި ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި ޕެރިސް އެގްރީމެންޓް (ސީއެމްއޭ4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.

ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 6، 2022 ވާ އާދީއްތަ ދުވަހު ޝަރްމުއްޝެއިހް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖްތަމައާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ. މި ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެއެވެ.

ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ހައްގުގައާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސް ސާލިހް ވަކާލާތުކުރައްވަމުން އަންނަ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން އިއުލާނުކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީދަތިތަކަށް ހާއްސަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގައި މިރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް